Last Updated: June 11, 22:21
Thursday, June 11, 2026
ޚަބަރު

ނަތީޖާ ނައިބް ރައީސް ޖިހާދު ގަބޫލް ކުރައްވައިފި

ރިޔާސީ އިންތިހާބުގެ ނަތީޖާ ގަބޫލު ކުރައްވައި، އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އާއި އިންތިހާބީ ނައިބް ރައީސް ފައިސަލް ނަސީމަށް ރައީސް ޔާމީންގެ ތިންވަނަ ނައިބް ރައީސް އަބްދުﷲ ޖިހާދު މަރުހަބާ ދަންނަވައިފިއެވެ.

ރިޔާސީ އިންތިހާބުގެ ނަތީޖާ ގަބޫލް ނުކޮށް ޕީޕީއެމްއިން މުޒާހަރާއަށް ނިކުންނަމުން ދަނިކޮށް ޖިހާދު ވިދާޅުވީ ރައްޔިތުންގެ ނިންމުން ބަލައިގަންނަ ކަމަށެވެ.

ނައިބް ރައީސް ޖިހާދު އިބޫއަށް މަރުހަބާ ދަންނަވައި ބަލި ގަބޫލް ކުރެއްވުމަށް ވިދާޅުވެ ކުރައްވާފައިވާ ޓްވީޓެއް އާއްމުވުމާއި ގުޅިގެން ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް މުއާޒު އަލީ ވިދާޅުވީ އެ ޓްވީޓަކީ ފޭކެެއް ކަމަށެވެ.

ޖިހާދު ނަތީޖާ ގަބޫލް ކުރެއްވި އިރު ސަރުކާރު ބަދަލު ކުރުމުގެ ކަންކަން އޮމާން ކަމާއި އެކު ރައީސް ޔާމީން ކުރިއަށް ނުގެންދަވާނަމަ އެމަނިކުފާން މަގާމުން ދުރުކޮށް ނައިބް ރައީސް ޖިހާދު އާއި ހަވާލު ކުރަން ޖެހިދާނެ ކަމުގެ އިންޒާރު އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ވިދާޅުވެފައެވެ.

މިދިޔަ ސެޕްޓެމްބަރ މަހުގެ 23 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބުން ރައީސް ޔާމީން ވަނީ ލަދުވެތި ގޮތަކަށް ބަލިވެފައެވެ.