ރައްޔިތުންގެ މަޖިލީހުގެ 12 މެމްބަރުންގެ ގޮޑި ނުގެއްލޭކަމަށް އިލެކްޝަން ކަމިޝަނަށް ނުނިންމޭނެކަމަށާއި އެނިންމުމަކީ ބާޠިލް ނިންމުމެެއްކަށް ރާއްޖޭގެ ސްޕްރީމް ކޯޓުން ކަނޑައަޅައިފިއެވެ.
ސްޕްރީމް ކޯޓުގެ ވެބްސައިޓުގައި އާއްމުކޮށްފައިވާ އެކޯޓުގެ އަމުރެއްގައި ބުނެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއްގެ ގޮޑި ހުސްވެެއްޖެ ކަމާއި މެދު ހިލާފު އުފެދިގެން ކަމާއި ބެހޭ ފަރާތަކުން އެ މައްސަލަ ދިވެހި ރާއްޖޭގެ ސްޕްރީމް ކޯޓަށް ހުށަހެޅުމުން އެމައްސަލައަކާއި މެދު ދުސްތޫރީ ނަޒަރަކުން ބަލައި އެމައްސަލަ އާއި މެދު ފައިސަލާކޮށް ގޮތެއް ކަނޑައެޅުމަކީ ދިވެހި ޖުމްހުރިއްޔާގެ ގާނޫނު އަސާސީން އެއްވެސް އިސްތިސްނާއެއް ނެތި ހަމައެކަނި ދިވެހި ރާއްޖޭގެ ސްޕްރީމް ކޯޓަށް ލިބިދީފައިވާ އަސްލީ އިހުތިސާސެކެވެ.
އަދި 12 މެމްބަރުންގެ ގޮޑީގެ މައްސަލާގައި ގޮޑި ގެއްލިފައިވާކަމަށް ހިޔާލުތަފާތުވެ އެމައްސަލަ ސްޕްރީމް ކޯޓަށް ހުށަހަޅައި އެމައްސަލަ އެ ކޯޓުން ބަލަމުން ދަނިކޮށް އެއްވެސް ދައުލަތުގެ މުވައްސަސާއަކަށް އަދި އިދާރާއަކަށްވެސް ގޮތެއް ނުނިންމޭނެކަމަށެވެ.
އަދި އެފަދަ ކަމެއްކޮށްފި ނަމަ އެކަމަކީ ފަނޑިޔާރުންގެ މަސައްކަތްތަކާއި ބެހި ކޯޓަށް ނުފޫޒު ފޯރުވުމުގެ އަމަލެއް ކަމަށެވެ.
އެހެން ކަމުން މެމްބަރުންގެ ގޮޑީގެ މައްސަލަ ސްޕްރީމް ކޯޓުން ބަލަމުން ދަނިކޮށް އިލެކްޝަން ކަމިޝަނުންނ ނިންމި ނިންމުމަކީ ބާޠިލް ނިންމުމެއް ކަނޑައަޅައި އެކަން އިލެކްޝަން ކަމިޝަނަށާއި ރައްޔިތުންގެ މަޖިލީހަށާއި އެންމެހައި މުވައްސަސާތަކަށް އަންގައި އަމުރު ކުރާ ކަމަށެވެ.
ތަފްސީލް އަންނަނީ….