Last Updated: June 22, 20:19
Tuesday, June 23, 2026
ޚަބަރު

ފޮރިން ސެކްރެޓަރީ ސަރީރު، އިންތިޚާބީ ރައީސާއި ބައްދަލުކުރައްވައިފި

ސަރީރް، އިބޫ އާއި ބައްދަލުކުރައްވަނީ - ފޮޓޯ: ޓްވިޓާ

ފޮރިން ސެކްރެޓަރީ އަހްމަދު ސަރީރު، އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އާއި މިއަދު ބައްދަލުކުރައްވައިފި އެވެ.

މި ބައްދަލުވުން ކުރިއަށްގެންގޮސްފައި ވަނީ މިއަދު މެންދުރު ފަހު އިބޫގެ ކެމްޕެއިން އޮފީހުގައެވެ.

މި ބައްދަލުވުމަށްފަހު މިއަދު ހަވީރު ކުރެއްވި ޓްވީޓެއްގައި ސަރީރު ވަނީ އިބޫ އަށް ހޫނު މަރުޙަބާއެއް ވިދާޅުވެ، ކާމިޔާބު ދުވަސްތަކަކަށް އެދިވަޑައިގެންފަ އެވެ. މި ބައްދަލުވުމާއި ބެހޭ އެހެން ތަފްސީލެއް އަދި ހާމަކޮށްފައެއް ނުވެއެވެ.

ސަރީރު މިއަދު އިބޫ އާއި ބައްދަލުކުރެއްވިއިރު، އިބޫ ވަނީ މިއަދު ރާއްޖޭގެ މަރުކަޒީ ބޭންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ މުވައްޒަފުންގެ އިތުރުން ގަވަރުނަރު އަހްމަދު ނަސީރު އާއި ވެސް މިއަދު ބައްދަލުކުރައްވާފަ އެވެ.

އަދި އެމެރިކާގެ ސެކިއުރިޓީ ކައުންސިލުން ވެސް ވަނީ މިއަދު އިންތިޚާބީ ރައީސަށް މަރުޙަބާ ކިޔާފައެވެ.