Last Updated: June 11, 22:21
Thursday, June 11, 2026
ޚަބަރު

އެސްއޯއީގެ ދަށުން ހައްޔަރު ކުރި ހުރިހާ ފުލުހުން މިނިވަންކޮށްފި

ކުއްލި ނުރައްކަލުގެ ދަށުން ހައްޔަރު ކުރި 9 އެސްއޯ ފުލުހުން މިއަދު މިނިވަން ކޮށްފިއެވެ.

ފެބްރުއަރީ 1 ވަނަ ދުވަހު ސްޕްރީމް ކޯޓުން ނެރުނު އަމުރާއި ގުޅިގެން ގާނޫނީ ސަރުކާރު ވައްޓާލަން އުޅުނު ކަމުގެ ތުހުމަތުގައި ހައްޔަރު ކުރި 6 އެސްއޯ ފުލުހުން މިއަދު ދޫކޮށްލާފައިވަނީ ހައްޔަރުގައި ބަހައްޓަން ޖެހޭ ބައެއް ނޫންކަމަށް ކަނޑައަޅައެވެ.

އިއްޔެ ވަނީ އެސްއީގެ ދަށުން ހައްޔަރު ކުރި ކުރީގެ އެސްއޯ ކޮމާންޑަރ ސައިފް ހުސެއިން އާއި ޑެޕިއުޓީ ކޮމާންޑަރ ފާއިޒު އިއްޔެ ވަނީ ދޫކޮށްލާފައެވެ.