Last Updated: June 11, 22:21
Thursday, June 11, 2026
ޚަބަރު

އިބޫގެ ދައުވަތު ގަބޫލް ކުރައްވައި އިމްރާން ހާން ރާއްޖެ ވަޑައިގަންނަވަނީ

އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ)ގެ ހުވާ ކުރުމުގެ ރަސްމިއްޔާތަށް ވަޑައިގެންނެވުމަށް ޕާކިސްތާން ބޮޑުވަޒީރު އިމްރާން ޚާނަށް ދެއްވި ދައުވަތު ގަބޫލް ކުރައްވައި ރާއްޖެ ވަޑައިގަންނަވަން ނިމްމަވައިފިއެވެ.

ޕާކިސްތާނުގެ ނޫސްތައް ބުނާގޮތުން އިބޫގެ ދައުވަތު އިމްރާން ގަބޫލް ކުރައްވާފައިވަނީ ދެ ބޭފުޅުން ފޯނުން ގުޅުއްވައި ދެއްކެވި ވާހަކަފުޅުގައެވެ.
މި ފޯން ކޯލްގައި ދެ ދެޤައުމުގެ ގުޅުން އިތުރަށް ވަރުގަދަކުރުމާގުޅޭގޮތުން ފުޅާ ދާއިރާއެއްގައި ވާހަކަދައްކަވާފައިވާ ކަމަށް ޕާކިސްތާނުގެ ނޫސްތަކުގައި ބުނެފައިވެއެވެ.

އަދި ރާއްޖެއާއި ޕާކިސްތާނުގެ ގުޅުން އިތުރަށް ބަދަހިކުރުމުގެ ޝައުގުވެރިކަން ފާޅުކުރައްވާފައިވާ ކަމަށްވެސް ޕާކިސްތާންގެ ނޫސްތަކުގައި ބުނެފައިވެއެވެ.

ކުރީގެ ކުރިކެޓު ކުޅުންތެރިޔާ އިމްރާން ހާންއަކީ އެގައުމުގައި އޮތް ކަރަޕްޝަނާއި ފަސާދަ ނިންމެވުމަކަށް ގެންވެމަށް ނިކުމެ ބޮޑު ތަފާތަކުން އިންތިހާބު ކާމިޔާބް ކުރެއްވި ރައީސެވެ.

އިބޫ އަކީ އިމްރާން ގޮތަށް ރާއްޖޭގައި މޫލާފައިވާ ކަރަޕްޝަނާއި ފަސާދަ ނިންމެވުމަށް ނިކުންނަވައި އިންތިހާބް ކާމިޔާބު ކުރެއްވި ރައީސެވެ.

އިބޫ ރައީސް ކަމުގެ ހުވާ ކުރައްވާނީ ނޮވެމްބަރ 17 ވަނަ ދުވަހުއެވެ. އެދުވަހު އާއްމުންނަށް ހުޅުވާލައިގެން ކުލަގަދަ ރަސްމިއްޔާތެއް ބޭއްވުމަށް ވަނީ ނިންމަވާފައެވެ.