ރާއްޖޭން ބޭރުގައި އަރުވާލެވިގެން ހުންނެވުމަށް ފަހު ގާސިމް އިބްރާހިމް ރާއްޖެ ވަޑައިގެންނެވުމަކީ ދިވެހިންނަށް ލިބުނު ހިތްވަރެއްކަމަށް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
Hon. @qasimibrahim Raajje vadaigathumakee, Raajjeyge rayyithunnah libeyne nuhanu varugadha hivvareh kamaamedhu alhugandu shakkeh nukuran. Hon. Qasim ah fahfashun marhaba
— Mohamed Nasheed (@MohamedNasheed) October 4, 2018
ނަޝީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އޮނަރަބްލް ގާސިމް އިބްރާހިމް ރާއްޖެ ވަޑައިގެންނެވުމަކީ ދިވެހި ރައްޔިތުންނަށް ލިބޭނެ ނުހަނު ވަރުގަދަ ހިތްވަރެއް ކަމާއި މެދު ޝައްކު ނުކުރައްވާ ކަމަށާއި، ގާސިމްއަށް ފަށްފަށުން މަރުހަބާ ދަންނަވާ ކަމަށެވެ.
ސިޔާސީ ހަތަރު ލީޑަރުން ގުޅިގެން ރިޔާސީ އިންތިހާބަށް އިބްރާހިމް މުހައްމަދު ސޯލިހު ނެރުއްވައި އިންތިހާބު ކާމިޔާބް ކުރެއްވުމާއި އެކު އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެފައިވަނީ ސިޔާސީ ހައްޔަރީންގެ ގޮތުގައި ތިއްބެވި ހަތަރު ލީޑަރުން މިނިވަން ކުރައްވާނެކަމަށެވެ.
އިބޫ އެގޮތަށް ވިދާޅުވިއިރު ރައިސް މައުމޫން އާއި ގާސިމް އިބްރާހިމް މިހާރު ވަނީ ކަފާލާތުގެ ދަށުން މިނިވަންކޮށްފައެވެ.
މިނިވަން ނުވި ނަމަވެސް ނަޝީދު ވަނީ ނޮވެމްބަރ 1 ވަނަ ދުވަހު ރާއްޖެ ވަޑައިގަންނަވާނެކަން ހާމަ ކުރައްވާފައެވެ.