ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ލީޑަރ، ޤާސިމް އިބްރާހިމް މިއަދު ރާއްޖެ ވަޑައިގެންނެވުމާއި ގުޅިގެން، އެމަނިކުފާނަށް ސަރުކާރު ހިންގާ ޕާޓީ، ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)ގެ ޑެޕިއުޓީ ލީޑަރ އަދި ރައްޔިތުންގެ މަޖިލީހުގެ ވިލިފުށީ ދާއިރާގެ މެމްބަރު، ރިޔާޒު ރަޝީދު މަރުހަބާ ދަންނަވައިފިއެވެ.
ރިޔާޒު، ޤާސިމް އަށް މަރުޙަބާ ދަންނަވާފައި ވަނީ މިއަދު ކުރެއްވި ޓްވީޓެއްގަ އެވެ.
Ufaaveri manzareh Maruh’abaa Hon Qasim Ibrahim !!! pic.twitter.com/IxpZcpUaaX
— Riyaz Rasheed (@riyaz_rasheed) October 4, 2018
"އުފާވެރި މަންޒަރެއް. މަރުޙަބާ ހޮނަރަބަލް ޤާސިމް އިބްރާހިމް"، އެ ޓްވީޓްގައި ރިޔާޒު ވިދާޅުވެފައި ވެއެވެ.
ޤާސިމް މިއަދު ރާއްޖެ ވަޑައިގެންފައިވާއިރު، ޖޭޕީގެ ހިންގުން ވަނީ އެމަނިކުފާނާއި ރަސްމީކޮށް ހަވާލުކޮށްފަ އެވެ.
ޖޭޕީގެ ހިންގުން ގާސިމާއި ހަވާލު ކުރެއްވީ ބޭސްފަރުވާއަށް ޖަރުމަންވިލާތުގައި ހުންނެވުމަށްފަހު މާލެ ވަޑައިގެން ޖޭޕީގެ އޮފީސް ކުނޫޒަށް ވަޑައިގަތުމުންނެވެ. ޕާޓީގެ ހިންގުން ހަވާލުކުރުމުގެ ގޮތުން ރަމްޒީ ތަޅުދަނޑިއެއް ވަނީ ގާސިމާއި ހަވާލު ކުރައްވާފައެވެ. ތަޅުދަނޑި ހަވާލު ކުރެއްވީ ޕާޓިގެ ޑެޕިއުޓީ ހުސައިން ރަޝީދެވެ.
ގާސިމް ރާއްޖެ ވަޑައިގެންނެވީ ގާސިމްގެ ޕާސްޕޯޓް ހިފަހައްޓާފައި އޮތް އޮތުން ކޯޓުން ދޫކޮށްލުމުންނެވެ. ގާސިމް ހައްޔަރުކޮށް އެނާގެ މައްޗަށް މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތު ދެއްވި ކަމަށް ކަނޑައަޅައި ހުކުމް ކުރުމުން ބެސްފަރުވާއަށް ޖަރުމަނަށް ވަނީ ވަޑައިގަންނަވާފައެވެ. ބޭސްފަރުވާއަށް ދިޔުމަށްފަހު ގާސިމް ރާއްޖެ ވަޑައިގެންނެވި މިއީ ފުރަތަމަ ފަހަރެވެ.