Last Updated: June 11, 22:21
Thursday, June 11, 2026
ޚަބަރު

މެޑަމް ފާތުން ސައުދީއަށް ފުރާވަޑައިގެންފި

ރައީސް އަބްދުﷲ ޔާމީންގެ އަނބިކަބަލުން ފާޠިމަތު އިބްރާހިމް (މެޑަމް ފާޠުން) މިއަދު ހަވީރު ސައުދީއަށް ފުރާވަޑައިގެންފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މެޑަމް ފާޠުން އާއި ހަނގު ދަރިކަލުން ފުރާވަޑައިގެންފައިވަނީ ސައުދީ ފްލައިޓް ނަންބަރު އެސްވީ 788އިންނެވެ.

މެޑަމް ފާޠުންއަކީ ރައީސް ޔާމީންގެ ކެމްޕެއިންގައި އެންމެ އިސްކޮށް ހަރާކާތްތެރިވި ފަރާތެވެ. ޓީމް ހައްދަވައިގެން ރާއްޖޭގެ އެކި ކަންކޮޅު ތަކަށް ދަތުރު ކުރައްވައި ރައީސް ޔާމީނަށް ތާއިދު ހޯއްދެވުމަށް މަސައްކަތް ކުރެއްވި އިރު އެކަމަނާ އުފައްދާފައިވާ ސަދަގާތް ފައުންޑޭޝަނަކީ ރާއްޖެއަށް ސައުދީން ހަދިޔާ ކުރި ކަދުރު ބެހި ޖަމިއްޔާއެވެ.

މެޑަމް ފާޠުން ވަނީ ރާއްޖޭގައި ޑެންގީ ހުން ފެތުރެމުން ދިޔަ ދުވަސްވަރު ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި އެކު ޕެނަޑޯލް ރާއްޖޭގެ އެކި ކަންކޮޅުތަކަށް ބައްސަވާފައެވެ.

މެޑަމް ފާޠުންގެ ދަތުރުފުޅާއި ގުޅޭ ގޮތުން ރަސްމީ ޖަވާބެއް ލިބިފައި ނުވެއެވެ. ނަމަވެސް މައުލޫމާތު ލިބޭ ގޮތުގައި އެކަމަނާ ސައުދީއަށް ވަޑައިގެންފައިވަނީ އުމުރާއަކަށެވެ.

މެޑަމް ވަނީ ރައީސް ޔާމީނާއި އެކު މީގެ ކުރިން ހައްޖަށްވެސް ވަޑައިގެންފައެވެ.

ރިޔާސީ އިންތިހާބުން ރައީސް ޔާމީން ނާކާމިޔާބުވި ފަހުން މެޑަމް އެއްވެސް ހަރަކާތަކުން ފެނިފައި ނުވެއެވެ.

ތަފްސީލް އަންނަނީ…..