Last Updated: June 11, 17:05
Thursday, June 11, 2026
ޚަބަރު

ރައީސް މައުމޫން ވެސް ޤާސިމް އަށް މަރުޙާބާ ދަންނަވައިފި

ޖަރުމަނު ވިލާތުގައި ސިޔާސީ ހިމާޔަތް ހޯއްދަވައިގެން ހުންނެވި ޖުމްހޫރީ ޕާޓީގެ ލީޑަރ، ޤާސިމް އިބްރާހިމް މިއަދު ރާއްޖެ ވަޑައިގަތުމާއި ގުޅިގެން އެމަނިކުފާނަށް ކުރީގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމް މަރުޙަބާ ދަންނަވައިފި އެވެ.

ރައީސް މައުމޫން ޤާސިމް އަށް މަރުޙަބާ ދަންނަވާފައި ވަނީ ދާދި ދެންމެއަކު ކުރެއްވި ޓްވީޓެއްގަ އެވެ.

އެގޮތުން ރައީސް މައުމޫން ވިދާޅުވީ ޖޭޕީގެ ލީޑަރ، ޤާސިމް އިބްރާހިމް އަށް ވަރަށް ހޫނު މަރުހަބާއެއް ދަންނަވާ ކަމަށެވެ.

އަދި ގުޅިފައިވާ އިއްތިހާދުން ކާމިޔާބުކަމާއެކީ، ރާއްޖޭގައި ޑިމޮކްރަސީ އަލުން އިއާދަކޮށް ރަނގަޅު ވެރިކަމެއް ޤާއިމްކުރުމުގައި، ޤާސިމް ކޮށްދެއްވާ މަސައްކަތްޕުޅަކީ ވަރަށް މުހިންމު މަސައްކަތްޕުޅެއްކަން ވެސް ރައީސް މައުމޫންގެ ޓްވީޓްގައި ފާހަގަކުރައްވާފައި ވެއެވެ.

ޕީޕީއެމްގެ ޕީޖީ ނައިބު ލީޑަރު ރިޔާޒު ރަޝީދު ވެސް ވަނީ މިއަދު ޤާސިމް އިބްރާހިމް އަށް މަރުޙަބާ ދަންނަވާފައެވެ. ރިޔާޒު ވިދާޅުވީ ޤާސިމް އެނބުރި ރާއްޖެ އައުމަކީ ވަރަށް އުފާވެރި މަންޒަރެއް ކަމަށެވެ.