Last Updated: June 22, 20:19
Monday, June 22, 2026
ޚަބަރު

ފޭރުމުގެ މައްސަލައަކާ ގުޅިގެން ހިތަދޫ މީހަކު ހޯދަނީ

ފޭރުމުގެ މައްސަލައަކާ ގުޅިގެން މީހަކު ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފި އެވެ.

އެގޮތުން ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ތަޙުޤީޤު ކުރަމުންދާ އެ މައްސަލައާ ގުޅިގެން ހޯދަމުންދަނީ ސ. ހިތަދޫ، މިނިވަންހިޔާ، މުޙައްމަދު އައްވަލް (30އ) ކަމަށް ފުލުހުން ބުނެއެވެ.

އެހެންކަމުން އޭނާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ނަމްބަރު 9631696 އަށް ގުޅުއްވައި ހިއްސާކުރެއްވުމަށް ފުލުހުން ވަނީ އެދިފައެވެ.

އަދި މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުމަށް ޝުކުރު ދަންނަވާ ކަމަށްވެސް ފުލުހުން ބުނެއެވެ.