ރިޔާސީ އިންތިހާބުގެ ވޯޓު އޮޅުވާލިކަމަށް ބުނެ ޕީޕީއެމްއިން އިލެކްޝަން ކަމިޝަނާއި ދެކޮޅަށް ކުރަމުންދާ މުޒާހަރާ މިރޭ އެމްއެންޑީއެފް ހެޑްކުއާޓަރ ކުރިމަތީ ބާއްވާނެކަމަށް ބުނެ އެސްއެމްއެސް ކުރަމުން އެބަދެއެވެ.

ޕީޕީއެމްއިން އިންތިހާބުގެ ނަތީޖާ ގަބޫލު ނުކޮށް މުޒާހަރާ ކުރަމުން އަންނަ އިރު މުޒާހަރާއަށް ނިކުންނަނީ މަދު ބައެކެވެ.
އެމްއެންޑީއެފް ކުރިމަތީގައި މުޒާހަރާ ކުރުމަށް ޕީޕީއެމްއިން ގޮވާލާފައިވާ އިރު އެސަރަހައްދަކީ މުޒާހަރާ ކުރުން މަނާ ސަރަހައްދެވެ. ގްރީން ޒޯން ހިމެނޭ އެސަރަހައްދަށް އެއް ނުވެވޭއިރު މާލޭގައި މުޒާހަރާ ނުކުރެވޭ ގޮތް ހެދީވެސް ޕީޕީއެމްއިންނެވެ.
މިރޭ ޕީޕީއެމްއިން މުޒާހަރާއަށް ގޮވާލާފައިވާ އިރު ރައީސް ޔާމީން ހުންނެވީ އަމާން ދެއްވައި ގެއަށް ވަޑައިގަންނަވާ ގޮތަށް ނޫންކަމަށް ޕީޕީއެމްއިން ވަނީ ބުނެފައެވެ.