Last Updated: July 25, 06:01
Saturday, July 25, 2026
ޚަބަރު

ނަހަލާލު ގޮތަކަށް ޔާމީންގެ ވެރިކަން ދަމަހައްޓަން ކުޅޭ ޑްރާމާ ހުއްޓާލަންޖެހޭ: ނިޒާރު

ފޮޓޯ: ޓްވިޓާ

ޕީޕީއެމްގެ ވެރިން ޕީޕީއެމް އާންމު މެމްބަރުންނަށް އޮޅުވާލައިގެން ނަހަލާލު ގޮތަކަށް ޔާމީންގެ ވެރިކަން ދަމަހައްޓަން ކުޅޭ ޑްރާމާ ހުއްޓާލަންޖެހޭ ކަމަށް ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އަލީ ނިޒާރު ވިދާޅުވެއްޖެއެވެ.

ނިޒާރު މިހެން ވިދާޅުވެފައިވަނީ އޭނާ ކުރެއްވި ޓްވީޓެއްގައެވެ. އެ ޓްވީޓްގައި ނިޒާރުވަނީ 2023 ވަނަ އަހަރަށް ކެންޑިޑޭޓަކު ހޯދަން އުޅުއްވުމަށް ގޮވާލާފައެވެ.

" ޕީޕީއެމްގެ ވެރިން ޕީޕީއެމް އާންމު މެމްބަރުންނަށް އޮޅުވާލައިގެން ނަހަލާލު ގޮތަކަށް ޔާމީންގެ ވެރިކަން ދަމަހައްޓަން ކުޅޭ ޑްރާމާ ހުއްޓާލަން އެބަޖެހޭ. 2023 ވަނަ އަހަރަށް ކެންޑިޑޭޓަކު ހޯދަން އުޅުއްވާ" ނިޒާރު ވިދާޅުވިއެވެ.

ޕީޕީއެމުން ނަތީޖާ ފާޅު ކުރެއްވިތާ އެއް ހަފްތާފަހުން ވަނީ މަދު މީސްކޮޅެއް ގޮވައިގެން މަގުމައްޗަށް ނިކުމެ "އޮޅުވާލި ވޯޓު" ގެ ނަމުގައި މުޒާހަރާ ކުރަން ފަށާފައެވެ. ރެއަކަށްވުރެ ރެއެއް މީހުން ދަނީ މަދުވަމުންނެވެ. މިއަދު ޕީޕީއެމުން ދަނީ އިންތިޚާބު އިންސާފުވެރި ނޫންކަމަށް ވިދާޅުވެފައެވެ.