Last Updated: June 22, 20:19
Monday, June 22, 2026
ޚަބަރު

އެމެރިކާގެ ޚާރިޖީ ވަޒީރު އިބޫ އަށް މަރުޙަބާ ދަންނަވައިފި

އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް، މައިކަލް ޕޮމްޕޭ، އިންތިޚާބީ ރައީސް އޮނަރަބަލް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އަށް މަރުޙަބާ ދަންނަވައިފި އެވެ.

މިއަދު ހަވީރު ފޮނުން ގުޅުއްވައި ޕޮމްޕޭ އާއި އިބޫ ވަނީ 23 ސެޕްޓެމްބަރުގައި ބޭއްވުނު ރިޔާސީ އިންތިޚާބާއި ބާރުތައް ބަދަލުވުމުގެ މަރުޙަލާއާއި ގުޅޭ ގޮތުން މަޝްވަރާ ކުރައްވާފައެވެ.

މި ފެށޭ ރިޔާސީ ދައުރުގއި ދިވެހިރާއްޖެއަށް އެކިއެކި ދާއިރާތަކަށް އެމެރިކާއިން އެހީތެރިކަން ފޯރުކޮށްދެއްވާނެ ކަމުގައި ޕޮމްޕޭ ވަނީ ވިދާޅުވެފަ އެވެ.

ރިޔާސީ އިންތިޚާބު އިބޫ ކާމިޔާބުކުރެއްވުމާއި ގުޅިގެން އެކިއެކި ފަރާތްތަކުން ދަނީ އެމަނިކުފާނާއި ބައްދަލުކުރައްވައި އަދި ފޯނުން ގުޅުއްވައި ވެސް މަރުޙަބާ ދަންނަވަމުންނެވެ.

އެގޮތުން އދ ގެ ރެޒިޑެންޓް ކޯޑިނޭޓަރު އަދި ޔޫއެންޑީޕީ އިން ރާއްޖެއަށް ކަނޑައަޅާފައިވާ ސަފީރު، ޝޮކޯ ނޮޑާ ވެސް ވަނީ އިއްޔެ އިބޫ އާއި ބައްދަލުކުރައްވައި މަރުޙަބާ ވިދާޅުވެފަ އެވެ.