Last Updated: June 22, 20:19
Monday, June 22, 2026
ޚަބަރު

ހުޅުމީދޫ ގެއަކުން ވައްކަންކުރިކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި

އައްޑޫ ސިޓީ ހުޅުމީދޫ ގެއަކުން ވައްކަންކުރިކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފިއެވެ.

ހުޅުމީދޫ ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަންގައި ހައްޔަރުކޮށްފައިވަނީ 25 އަހަރުގެ މީހެކެވެ.

ފުލުހުން ބުނީ އޭނާ ހައްޔަރު ކޮށްފައި ވަނީ ކަރަންޓް ވައިރުކުރުމަށް ބޭނުންކުރާ ގިނައަދަދެއްގެ ސާމާނާއި އަދި ދަގަނޑު ހޮޅިތަކެއް ހުޅުމީދޫ ގެއަކުން ވަގަށްނަގާފައިވާ ކަމުގެ ތުހުމަތުގައި، އޮކްޓޯބަރ 2 ވަނަ ދުވަހު ފުލުހުންނަށް ހުށަހެޅުނު މައްސަލައަކާއި ގުޅިގެން ކަމަށެވެ.

ކޯޓު އަމުރެއްގެ ދަށުން އޭނާ ހައްޔަރުކޮށް، ވަގަށް ނަގާފައިވާކަމަށް ބެލެވޭ ކަރަންޓް ވައިރުކުރާ ބައެއް ސާމާނާއި އަދި ދަގަނޑު ހޮޅިތަކެއް ހޯދާފައިވާ ކަމަށް ފުލުހުން ބުނެއެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައިވާ މީހާގެ ބަންދާއިމެދު ގޮތެއް ނިންމުމަށް ސ.މީދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން، މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް 03 ދުވަހުގެ މުއްދަތެއް ވަނީ ދީފައިވެއެވެ.

މިމައްސަލަ އައްޑޫ ސިޓީ ހުޅުމީދޫ ޕޮލިސް ސްޓޭޝަނުންދަނީ ތަޙުޤީޤު ކުރަމުންނެވެ.