Last Updated: July 25, 06:01
Saturday, July 25, 2026
ޚަބަރު

ޝަރީފަށް ރައީސް ޔާމީންގެ ޑީއެންއޭ ވަރަށް ރަނގަޅަށް އެނގޭނެ: މުސްތަފާ

އިލެކްޝަންސް ކޮމިޝަން(އީސީ) ގެ ރައީސް އަހުމަދު ޝަރީފަށް ބިރެއް ނުދެއްކޭނެ ކަމަށާއި، ޝަރީފަށް ރައީސް ޔާމީންގެ ޑީއެންއޭ ވަރަށް ރަނގަޅަށް އިނގޭނެ ކަމަށް ތިމަރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ ވިދާޅުވެއްޖެއެވެ.

މުސްތަފާ މިހެން ވިދާޅުވީ ދިވެހި އޮންލައިން ނޫހެއްގައި އީސީ ޝަރީފް ފިޔަވާ އެހެން ހުރިހާ މެމްބަރުން ރާއްޖޭން ބޭރުގައި ކަމަށް ލިޔެފައިވާ ޚަބަރަކަށް އިޝާރާތް ކުރައްވާ ކުރެއްވި ޓްވީޓެއްގައެވެ.

އެ ޓްވީޓްގައި މުސްތަފާ ވަނީ ޝަރީފްއަކީ ތިމަރަފުށީ ދަރިއެއް ކަމަށް ވިދާޅުވެފައެވެ. މުސްތަފާ ފާހަގަ ވަނީ އެއްވެސް ޖެހިލުންވެވަޑައިގަތުމެއް ނެތި ފެށުނީއްސުރެވެސް ރައީސް ޔާމީންގެ ސަރުކާރަށް ފާޑުވިދާޅުވަމުން ގެންދެވި ބޭފުޅެއްގެ ގޮތުގައެވެ.