Last Updated: June 11, 22:21
Thursday, June 11, 2026
ޚަބަރު

ޕީޕީއެމްއިން އިންތިހާބާއި ގުޅިގެން ޖަހަނީ ސަކަރާތް، ސީރިއަސްއެއް ނޫން!

ރިޔާސީ އިންތިހާބުގެ ނަތީޖާ އިއްލާން ކުރިތާ އެއް ދުވަސް ފަހުން ޕީޕީއެމްއިން ބޭއްވި ނޫސް ކޮންފަރެންސެއްގައި އެޕާޓީގެ ނައިބް ލީޑަރ ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުﷲ އަބްދުއް ރަހީމް އިންތިހާބު ނާކާމިޔާބުވީކަން ގަބޫލްކޮށް އިންތިހާބް ކާމިޔާބް ކުރެއްވި އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ)އަށް މަރުހަބާ ދެންނެވިއެވެ.

އިންތިހާބުގެ ވަގުތީ ނަތީޖާއިން އިބްރާހިމް މުހައްމަދު ސޯލިހު ކުރި ހޯއްދެވުމާއި އެކު 23 ވަނަ ދުވަހުގެ ރޭ ވަރަށް އިރާކޮޅު ނިހާނު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ "މޮޅުވިއަސް ދެރަވިއަސް ދިވެހި ރައްޔިތުންގެ ނިންމުން ބަލައިގަނެވޭވަރުގެ ހިތްވަރު ޕީޕީއެމްގައި ހުންނާނެކަމަށެވެ.

މި ޓްވީޓަށް ފަހު 24 ވަނަ ދުވަހު އިބޫ އާއި ފައިސަލްއަށް ނިހާނު މަރުހަބާ ދެންނެވިއެވެ.

ރިޔާސީ އިންތިހާބުގެ ނަތީޖާ ގަބޫލްކޮށް އިބްރާހިމް މުހައްމަދު ސޯލިހު އާއި ބައްދަލު ކުރެއްވިކަަމާށާއި މަރުހަބާ ދެންނެވިކަމަށް ރައީސް އަބްދުﷲ ޔާމީން ދިވެހި ރައްޔިތުންނާއި މުހާޠަބްކޮށް ވިދާޅުވީ 24 ވަނަ ދުވަހުއެވެ.

އިންތިހާބުގެ ބަލި މުޅި ސަރުކާރު ގަބޫލް ކުރިއެވެ. ވީ ކިހިނެއްްތޯ އެކަކު އަނެކަކާއި ސުވާލު ކުރިއެވެ. "ނުހޮވުނަސް ހުވާ" ކުރައްވަން ތިބީ ތައްޔާރު ވެގެންނެވެ. ވޯޓު ގަތުމަށް އޮފީސް ހަދައި، ފައިސާ އާއި އެކު ގައުމުގެ އެކި ހިސާބުތަކުގައި ޓީމްތައް ހަރަކާތްތެރިވިއެވެ. ފައިސާ ބަހައި، އައިޑީ ކާޑު ގަންނަމުން ދިޔަ ހަބަރުން ގައުމު އޮތީ ގުގުމާފައެވެ.

ކުންފުނިތަކުގެ މުވައްޒަފުންނަށް ބިރު ދައްކައި، އެ މުވައްޒަފުންނަށް ވިސްނާދީފައިވަނީ ވޯޓު ރައިސް ޔާމީން ނޫން މީހަކަށް ދީފިނަ އެކަން އެނގޭނެކަމަށާއި 24 ވަނަ ދުވަހު އެކަން ދައްކާނެކަމަށެވެ.

އިލެކްޝަން ކަމިޝަނަށް ބޭނުންވި މީހުން ވައްދައި، އެމީހުންގެ ފަރާތުން އެހީ ހޯދައި، ވޯޓުލާ މަރުކަޒުތަކަށް ޕީޕީއެމް އެކްޓިވިސްޓުން ލައި، އިންތިހާބު ބާއްވާ ތާރީހު ނިންމީ ޕީޕީއެމްއިން ބޭނުންވި ދުވަހަށެވެ.

އިންތިހާބުގެ ނަތީޖާއިން ބަލިވުމުން، ޕީޕީއެމްގެ އިސް ސަފުގައި ތިއްބެވި އަދުރޭ އާއި ނިހާން މެން ފަދަ ބޭފުޅުން މާޔޫސްވެ ގޮތް ހުސްވި ނަމަވެސް އެމީހުންނަށް މާކުރިން މި މަންޒަރު ފެނެއެވެ. ބަލިވުމުން މިއަދު ޕީޕީއެމް އޮފީސް ކުރިމައްޗަށް މީހުން ނެރެ އެމީހުން އެޖަހަނީ އެ ސަކަރާތެވެ.

ވާހަކަ ދައްކަނީ ހަގީގަތް ގަބޫލްކޮށް އެއާއި ދެކޮޅަށެވެ. ރައީސް ޔާމީނަށް ލިބިވަޑައިގަތް ނާކާމިޔާބީއަށް ވުރެ ބޮޑަށް އެމަނިކުފާން ގައުމަށް ފަޟީހަތް ކުރެއްވުމަށެވެ. ދައްކަނީ މުޅިން އެފަދަ ވާހަކަތަކެވެ. އޭގެ އެއް މިސާލަކީ ބުދަ ދުވަހުގެ ރޭ ޕީޕީއެމް އޮފިސް ކުރިމަތީ ބޭއްވި މުޒާހަރާގައި ޕީޕީއެމް އޮފީހުގެ އެތެރޭގައި ހުންނަވައި މައި ދޮރުން ބޯ ބޭރަށް ނިކުންނަވައިގެން ހުންނަވައި ދައްކަވަމުން ދިޔަ ވާހަކަތަކެވެ. ނިހާން އާއި އަދުރޭ މަޖާވެ ތިބެ ޖަހަމުން ދިޔަ ޖޯކެވެ.

"ފިއްލަވައިގެން ނައިބް ރައިސް އާޒިމާ އޮފީހަށް ވަދެވަޑައިގެންނެވި" އިރު އެމީހުންގެ މޫނުމަތިން އިންތިހާބު "އޮޅުވާލައިގެން": ބާއްވާ ހަރަކާތެއްކަމެއް ސިފަ ނުވެއެވެ. އޭގެ ބަދަލުގައި މަގުމަތީގައި ތިބި މަދު މީސް ކޮޅު ބޭނުންކޮށްގެން އެމީހުން ލައްވާ ރައިސް ޔާމީން ފަޟީހަތް ކުރުވީއެވެ.

ނިހާނުވެސް ދެއްކެވީ އެފަދަ ވާހަކައެކެވެ. މައިކް ހޯއްދަވައިގެން ވިދާޅުވީ ރަނގަޅަށް ކާލައިގެން ދުފާލައިގެން އައިސް ދައްކާނެ ވާހަކައެއް ނެތް ކަމަށެވެ.

ރައީސް ޔާމީނަށް ތާއިދުކޮށްގެން ވާރޭގައި ކުޑަ އަޅައިގެން ތިބި މީހުން އެތިބި ގޮތަށް ބައިތިއްބާފައި އެމީހުން އޮފީސް ތެރެއަށް ވަދެގެން ދިޔައިރު މައިކް އަތު ޖެހުނު މީހަކު އެމީހަކު ހިތައް އެރިއެއްޗެއް ދިޔައީ ގޮވަމުންނެވެ.

މިއިން ދޭހަވަނީ އެމީހުން މިކަން ސީރިއަސްކޮށް ނުނަގާ ކަމާއި ރައްޔިތުން އޮޅުވާލުމަށް ސަކަރާތް ޖަހަނީ ކަމަށެވެ.