Last Updated: July 28, 13:59
Tuesday, July 28, 2026
ޚަބަރު

ޗުއްޓީ އާއި ދިމާކޮށް ސްރީލަންކަންގެ ހާއްސަ ފްލައިޓުތަކެއް އައްޑޫއަށް!

އަހަރީ ޗުއްޓީ އާ ދިމާކޮށް ސްރީލަންކަންއިން ހާއްސަ ދަތުރުތަކެއް ތަކެއް ގަމަށް ބާއްވަން ނިންމައިފިއެވެ.

ސްރީލަންކަންއިން ބުނީ ގަމުން ބާއްވާ ފުރަތަމަ ފްލައިޓް ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ނޮވެމްބަރު މަހުގެ 23 ވަނަ ދުވަހުއެވެ. އެ ފްލައިޓްގައި ކޮލޮމްބޯއަށް ޓްރާންސިޓް ކުރުމަށްފަހު ލަންކާ މަގުން ޓްރިވެންޑްރަމް، ކޮޗިން، ޑާކާ، ކުއަލަލަމްޕޫރް، ހައިދްރައާބާދް، ސިންގަޕޫރު އަދި ޖަކާޓާއަށް ފަސޭހަކަމާއިއެކު ފުރޭނެކަމަށެވެ

ސްރީލަންކަންގެ ދެވަނަ ފްލައިޓް ބޭއްވުމަށް ހަމަޖެހިފައިވަނީ ޖެނުއަރީ 8 ވަނަ ދުވަހުގައެވެ. އެ ފްލައިޓުން ދަތުރުކުރާ ފަރާތްތަކަށް ލަންކާގައި ޓްރާންސިޓް ކުރުމަށްފަހު ޓްރިވެންޑްރަމް، ކުއަލަލަމްޕޫރް، ސިންގަޕޫރު، ބޭންގްކޮކް، އަދި ހައިދްރައާބާދަށް ދަތުރު ކުރެވޭނެއެވެ.

އަހަރީ ޗުއްޓީއާ ދިމާކޮށް ބާއްވާ ފްލައިޓުތަކުގެ މަންޒިލްތަކަކީ ދިވެހިން އާންމު ގޮތެއްގައި ދަތުރުކުރާ މަންޒިލްތަކެކެވެ.