ޗައިނާއިން ދިވެހި ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނެވި ސަފީރު، ޒަންގް ލިޒޯންގްއާ އިންތިޚާބީ ރައީސް، އިބްރާހިމް މުހައްމަދު ސޯލިހްއާ މިއަދު ބައްދަލުކުރައްވައިފިއެވެ.
މިއަދު ހެނދުނު ބޭއްވި މިބައްދަލުވުން ބާއްވާފައިވަނީ އިބޫގެ ރަސްމީ ކެމްޕޭނު އޮފީހުގައެވެ. އިބޫ ވަނީ ޗައިނާ ސަފީރާއެކު ބޭއްވި ބައްދަލުވުމުގައި ދެގައުމު ދެމެދު އޮތް ގުޅުން އިތުރަށް ވަރުގަދަ ކުރުމަށް މަޝްވަރާ ކޮށްފައިވެއެވެ.
އަދި ޗައިނާ ވެސް އޮތީ އިންތިޚާބީ ރައީސް، އިބޫ ސޯލިހާއެކު މަސައްކަތް ކުރަން ތައްޔާރަށް އޮތް ކަމަށް ވިދާޅުވެފައިވެއެވެ. އިބޫ ވަނީ މީގެ ކުރިން އިންޑިޔާ ސަފީރާއި ވެސް ބައްދަލުކުރައްވާފައެވެ.
އަދި ސަރުކާރުގެ ވަޒީރުންނާއި މިނިސްޓްރީތަކުގެ އޮފިޝަލުންނާ ބައްދަލުކޮށް، މަޝްވަރާ ކޮށްފައިވެއެވެ.