Last Updated: June 7, 22:00
Sunday, June 7, 2026
ޚަބަރު

ސިރިސޭނާގެ ހާއްސަ މަންދޫބެއް އިބޫ އަދި މައުމޫނާ ބައްދަލުކުރައްވައިފި

ސްރީލަންކާއިން ވަޑައިގެންނެވި މިނިސްޓަރު، އިބްރާހިމް މުހައްމަދު ސޯލިހާ ބައްދަލުކުރައްވަނީ--ފޮޓޯ: ސީއެންއެމް

ސްރީލަންކާގެ ރައީސް މައިތިރިޕާލާ ސިރިސޭނާގެ ހާއްސަ މަންދޫބެއްގެ ހައިސިއްޔަތުން ސްޕޯޓްސް އެންޑް ޕްރޮވިންޝިއަލް ކައުންސިލްސް އެންޑް ލޯކަލް ގަވަމަންޓް މިނިސްޓަރު އަދި އެގައުމުގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު މުހައްމަދު ފައިޒަރު މުސްތަފާ، ރާއްޖެ ވަޑައިގެން އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ކުރީގެ ރައީސް މައުމޫނު އަބްދުލްޤައްޔޫމާއި މިއަދު ބައްދަލު ކުރައްވައިފިއެވެ.

ވަކިވަކިން ބޭއްވުނު އެ ބައްދަލުކުރެއްވުން ތަކުގައި ސްރީލަންކާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މޭޖަ ޖެނެރަލް ރިޓަޔަޑް ތޮރަދޭނިޔާ ބައިވެރިވެވަޑައިގެންނެވިއެވެ. އެ ބައްދަލުވުންތަކުގައި ދެކެވުނު ވާހަކަތަކުގެ ތަފުސީލެއް ހާމަކޮށްފައެއް ނުވެއެވެ.

ގުޅިފައިވާ ކޯލިޝަންގައި ބައިވެރިވާ މައުމޫނު ރީފޯމްމޫވްމަންޓުން ހާމަ ކުރި ގޮތުގައި މިނިސްޓަރު މުހައްމަދު ފާއިޒަރު ރާއްޖެ ވަޑައިގެންނެވީ ލަންކާގެ ރައީސް މައިތުރިޕާލާ ސިރިސޭނާގެ ސްޕެޝަލް އެންވޯއީ އެއްގެ ގޮތުގައެވެ.

ރައީސް ސިރިސޭނާ ރާއްޖެއަށް ހާއްސަ މަންދޫބަކު ފޮނުއްވާފައިވާއިރު، އިންތިހާބު އިބޫ ކާމިޔާބު ކުރެއްވުމާއި ގުޅިގެން އިބޫއަށް ފޯނުން ގުޅުއްވައި މަރުހަބާ ދަންނަވާފައިވެސް ވެއެވެ.