Last Updated: April 24, 23:11
Wednesday, April 24, 2024
މުނިފޫހިފިލުވުން

ރާޖްކުމާރް ރާއޯ ފިލްމް" މޭޑް އިން ޗައިނާ"ގެ ޝޫޓިންގ ފަށައިފި

ބޮލީވުޑްގެ ތަރި ރާޖްކުމާރް ރާއޯ އޭނާގެ ކުރިޔަށް އޮތް ފިލްމް "މޭޑް އިން ޗައިނާ"ގެ ޝޫޓިންގ ފަށައިފިއެވެ.

މިދިޔަ އަހަރު ރާޖްކުމާރް ވަނީ "ބަރޭލީ ކި ބަރްފީ" އަދި ނިއުޓަން ފަދަ މޮޅެތި ފިލްމުތައް ބެލުންތެރިންނަށް ގެނެސްދީފައެވެ. އަދި މި އަހަރު އޭނާ ވަނީ "ފަންނޭ ޚާން"، "ލަވް ސޯނިއާ" އަދި ދާދި ފަހުން ފެނިގެން ދިޔަ ފިލްމް"ސްޓްރީ" އިން ބޮކްސް އޮފީހުގައި ރަނގަޅު ކާމިޔާބީތަކެއް ހޯދާފައެވެ.

ފިލްމް"މޭޑް އިން ޗައިނާ" ގެ އިތުރުން އޭނާގެ ކުރިޔަށް ހުރި ފިލްމުތަކުގެ ތެރޭގައި " މެންޓަލްހޭ ކިޔާ"، "5 ވެޑިންގްސް"، އަދި "އޭކް ލަޅްކީކޮ ދޭކާތޮ އެއިސާ ލަގާ" ފަދަ ފިލްމުތައް ހިމެނެއެވެ.

މީގެ ތެރެއިން މިހާރު އޭނާ ޝޫޓިންގ ފަށާފައިވަނީ މޯނީ ރޯއީ އާއެކު ފެނިގެންދާ " މޭޑް އިން ޗައިނާ" އެވެ. މި ފިލްމުގައި ރާޖްކުމާރްގެ އިތުރުން ބޯމާން އިރާނީ ފެނިގެންދާނެއެވެ.

މި ފިލްމު ޑައިރެކްޓް ކޮށްފައިވަނީ މިކިލް މުސާލޭއެވެ. ފިލްމު ރިލީޒް ކުރުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރު އިންޑިޔާގެ މިނިވަންދުވަހު ކަމަށް ރިޕޯޓްތައް ބުނެއެވެ.