ރައީސް ޔާމީނު އިދިކޮޅު ލީޑަރަކަށް ނުވާނެކަމަށާއި މަޖްލިސްއިން ގޮޑި ގެއްލުނުކަމަށް ބުނާ 12 މެމްބަރުންނާއި އަދި އިތުރު މެމްބަރުން ގުޅިގެން ރައީސް ޔާމީން މަގުމަތިވާތަން ދިވެހި ރައްޔިތުންނަށް ފެންނާނެކަމަށް ރައީސް ނަޝީދުގެ އެޑްވައިޒަރ އަދި ވިޔަފާރިވެރިޔާ އަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.
ޖާބިރު މިއަދު ކުރެއްވި ޓްވީޓެއްްގައި ވިދާޅުވީ ރައީސް ޔާމީނަކީ އިދިކޮޅު ލީޑަރު ނޫން ކަމަށާއި އިދިކޮޅު ލީޑަރަކަށް ޔާމީނަކަށް ނުވެވޭނެކަމަށެވެ.
Raees Yamin aky Idhikolhu Leader eh noon, nuves veveyne. RY athuga Party eh nethi, siyaasy gothun magumathivaathan rayyithun dhekeyne. 12 MP innaa PPM ithuru MP in ge eheetherikamaaeku dhauru hamavumuge kurin RY ah ‘Kureege Raees’ namun muhaathab kureveyne!
— Abdulla jabir (@chairmanjabir) October 6, 2018
"ރައީސް ޔާމީން އަތުގައި ސިޔާސީ ޕާޓީއެއް ނެތި، ސިޔާސީ ގޮތުން މަގުމަތިވާތަން، ދިވެހި ރައްޔިތުން ދެކޭނެ"
ޖާބިރު ވިދާޅުވީ މަޖްލިސްގެ ގޮޑި ގެއްލުނުކަމަށް ބުނާ 12 މެމްބަރުންނާއި އިތުރު މެމްބަރުންގެ އެހީތެރިކަމާއި އެކު ދައުރު ހަމަވުމުގެ ކުރިން ރައީސް ޔާމީނަށް "ކުރީގެ ރައީސް" ނަމުން މުޙާޠަބު ކުރެވޭނެކަމަށެވެ.
ޖާބިރު މިފަދަ ޓްވީޓެއް ކުރައްވާފައިވާ އިރު ޕީޕީއެމް މަޖްލިސް މެމްބަރުންގެ ތެރޭގައި ހިމެނޭ ގުރައިދޫ ދާއިރާގެ މެމްބަރު ހުސެއިން މަނިކު ދޮންމަނިކު އާއި ތުޅާދޫ ދާއިރާގެ މެމްބަރ ނާޒިމް ރަޝާދު ވަނީ ޕީޕީއެމް ޕީޖީ ވައިބަރ ގްރޫޕުން ނެރެފައެވެ.