Last Updated: June 11, 22:21
Thursday, June 11, 2026
ޚަބަރު

މަރަދޫގައި ހިންގި މާރާމާރީއެއްގައި ދެ ޒުވާނަކު ޒަހަމްކޮށްލައިފި

މަރަދޫ ގްރޫޕަކާއި ފޭދޫ ގްރޫޕެއްގެ ދެމެދު މާރާމާރީ ހިންގި ސަރަހައްދު

މަރަދޫގައި މިރޭ ހިންގި މާރާމާރީއެއްްގައި ދެ ޒުވާނަކު ޒަހަމްކޮށްލައިފިއެވެ.

"އައްޑޫލައިވް" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މަރަދޫ ގްރޫޕަކާއި ފޭދޫ ގްރޫޕެއްގެ މެދުގައި ހިނގި މާރާމާރީގައި ޒަހަމްކޮށްލާފައިވަނީ މަރަދޫގެ ދެ ޒުވާނެކެވެ.

މަރަދޫން ވާހަކަ ދެއްކި މީހަކު ބުނީ މާރާމާރީ ގައި އެކެއްްގެ ބުރަކައްޓަށާްއި، ކަރަށް އަދި ބޮލަށް ޒަހަމްތަކެއް ލިބިފައިވާ ކަމަށެވެ.

މި ހާދިސާގައި ޒަހަމްވި ދެމީހުން މަރަދޫ ސިއްހީ މަރުކަޒަށް ގެންގޮސް ފަރުވާ ދިނުމަށްފަހު އިތުރު ފަރުވާއަށް ވަނީ ހިތަދޫ ރީޖަނަލް ހޮސްޕިޓަލަށް ގެންގޮސްފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އަނިޔާވި އެކެއްގެ ހާލު ސީރިއަސްއެވެ.