Last Updated: June 10, 00:02
Tuesday, June 9, 2026
ޚަބަރު

މައުމޫން ގާސިމް އާއި ބައްދަލުކުރައްވައިފި

ރައީސް މައުމޫން އާއި ޤާސިމް އިބްރާހިމް ބައްދަލުކުރައްވަނީ - ފޮޓޯ: ރާއްޖެއެމްވީ

ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމް، ޖުމުހޫރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހިމާއި މިއަދު ބައްދަލުކުރައްވައިފިއެވެ.

ރާއްޖޭގެ ސިޔާސީ މައިދާން ހަލަބޮލިވެ ގާސިމް އިބްރާހިމް ވަނީ ޖަލު ހުކުމެއް އިއްވާފައިވަނިކޮށް ބޭސް ފަރުވާއަށް ޖަރުމަނު ވިލާތަށް ވަޑައިގެން، އެގައުމުން ސިޔާސީ ހިމާޔަތް ހޯއްދަވާފައެވެ.

ގާސިމް ރާއްޖެ ވަޑައިގެންފައިވަނީ ކަފާލާތުގެ ދަށުން މިނިވަން ކުރުމަށް ކޯޓުން ހުކުމް ކުރުމުންނެވެ. ގާސިމްގެ އިތުރުން، ރައީސް މައުމޫން ވެސް ވަނީ، އެމަނިކުފާނުގެ މައްޗަށް ކުރެވުނު ތަހުގީގަށް އެއްބާރުލުން ނުދިން މައްސަލައިގެ އިއްވި ޖަލު ހުކުމުން، ކަފާލާތުގެ ދަށުން މިނިވަން ވެފައެވެ.

ރައީސް މައުމޫނާއި ގާސިމް އިބްރާހިމް ވެސް ވަނީ ނިމިގެން ދިޔަ ރިޔާސީ އިންތިޚާބުގައި އިދިކޮޅު އިއްތިހާދުގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހަށް އިންތިޚާބު ކާމިޔާބު ކޮށްދިނުމަށް މަސައްކަތް ކުރައްވާފައެވެ.

ދެބޭފުޅުން ވެސް ވަނީ ކޯލިޝަން ދެމެހެއްޓުމުގެ މުހިންމު ކަމުގެ ވާހަކަ ދައްކަވައި އެކަން ކުރާނެ ކަމަށް ވިދާޅުވެފައެވެ.