އިންތިޚާބީ ރައީސް، އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އާއި އިންތިޚާބީ ނައިބު ރައީސް، ފައިސަލް ނަސީމް، ކޮމިޝަނަރ އޮފް ޕޮލިސް ހަމްދޫން ރަޝީދާއި ބައްދަލުކުރައްވައިފި އެވެ.
މިއަދު ހެނދުނު 11:00 ގައި އެ ބައްދަލުވުން އޮތީ ފުލުހުންގެ ހެޑްކުއާޓަރުގައެވެ. އެ ބައްދަލުވުމުގައި ކުރީގެ ކޮމިޝަނަ އޮފް ޕޮލިސް އަބްދުﷲ ރިޔާޒާއި ސިއްރު ފުލުހުންގެ ކުރީގެ ވެރިޔާ މުހައްމަދު ހަމީދު ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
މިއީ ހަމްދޫން ކޮމިޝަނަރު ކަމަށް އައްޔަން ކުރި ފަހުން އިބޫ ބައްދަލު ކުރައްވާ ފުރަތަމަ ފަހަރެވެ.
މި ބައްދަލުވުމާއި ބެހޭ އިތުރު ތަފްސީލެއް އަދި ހާމަކޮށްފައެއް ނުވެއެވެ.
ރިޔާސީ އިންތިޚާބު އިބޫ ކާމިޔާބުކުރެއްވުމާއި ގުޅިގެން އެކިއެކި ފަރާތްތަކުން ދަނީ އެމަނިކުފާނާއި ބައްދަލުކުރައްވައި އަދި ފޯނުން ގުޅުއްވައި ވެސް މަރުޙަބާ ދަންނަވަމުންނެވެ.