މަރަދޫގައި ރޭ ދެ ގްރޫޕެއްގެ ދެމެދުގައި ހިންގި މާރާމާރީ އާއި ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ފުލުހުންގެ ބެލުމުގެ ދަށައް ގެނެސްފައި ނުވާކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މާރާމާރީގެ މައުލޫމާތު ގަން ޕޮލިސް ސްޓޭޝަނަށް ހުށަހަޅާފައިވަނީ ރޭ 11 ޖަހާއިރު ކަމަށާއި އެ ހާދިސާގައި ޒަހަމްވި ޒުވާނާއަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވާ ކަމަށެވެ. އަދި މިހާދިސާ އާއި ގުޅިގެން އަދި މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށެވެ.

މަރަދޫން ވާހަކަ ދެއްކި މީހަކު ބުނީ މި މާރާމާރީއަކީ މަރަދޫ ގްރޫޕަކާއި ފޭދޫ ގްރޫޕެެއްގެ ދެމެދުގައި ހިންގި މާރާމާރީއެއް ކަމަށެވެ. އަދި މި މާރާމާރީގައި ތުހުމަތު ކުރެވޭ ބައެއް މީހުން މިއަދު މާލެ ފުރުމަށް މަސައްކަތް ކުރަމުންދާކަމުގެ އަޑުތަކެއް ވަނީ ފެތުރިފައެވެ.
މާރާމާރީގައި ޒަހަމްވި މުހައްމަދު އީވާންގެ ހާލު ވަރަށް ސީރިއަސްކަމަށް ހިތަދޫ ރީޖަނަލް ހޮސްޕިޓަލުން ވަނީ ބުނެފައެވެ. ހޮސްޕިޓަލްގެ މީޑިއާ އޮފިޝަލް ވިދާޅުވީ އީވާންގެ ފުއްޕާމެއަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށާއި އޭނާއަށް މިހާރު ފަރުވާ ދެމުން އަންނަނީ ވެންޓިލޭޓަރެއްގެ އެހީގައިކަަމަށެވެ.
ރޭގެ މާރާމާރީގައި އިތުރު ޒުވާނަކުވެސް ވަނީ ޒަހަމްކޮށްލާފައެވެ.