Last Updated: August 22, 22:24
Friday, August 22, 2025
ޚަބަރު

ކުރީގެ ނައިބު ރައީސް ޖަމީލާއި މައުމޫން ބައްދަލުކުރައްވައިފި

މިސަރުކާރުގެ އިންތިޚާބީ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު، ގިނަ ދުވަސްތަކެއް ވަންދެން ރާއްޖެއިން ބޭރުގައި ހުންނެވުމަށް ފަހު، ރާއްޖެ ވަޑައިގެންނެވުމުން މިއަދު އެމަނިކުފާނާ، ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމް ބައްދަލުކުރައްވައިފިއެވެ.

ރައީސް މައުމޫނަށް އިއްވި ޖަލު ހުކުމުން މިނިވަން ވުމުން އެމަނިކުފާނު ގެންދަވަނީ އިދިކޮޅު އިއްތިހާދުގެ އިސް ބޭފުޅުންނާ ބައްދަލުކުރައްވައި، ކުރިއަށް އޮތް ދައުލަތް ހިންގުމުގެ ކަންކަމާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވަމުންނެވެ.

އެގޮތުން އެމަނިކުފާނު ވަނީ އިންތިޚާބީ ރައީސް، އިބްރާހިމް މުހައްމަދު ސޯލިހާއި ބައްދަލު ކުރައްވާފައެވެ. އަދި މިއަދު މައުމޫން ވަނީ އިއްތިހާދުގައި ހިމެނޭ ޖުމުހޫރީ ޕާޓީގެ ލީޑަރ، ގާސިމް އިބްރާހިމާއި ވެސް ބައްދަލުކުރައްވާފައެވެ.

މައުމޫން ވަނީ ޖަމީލް ރާއްޖެ ވަޑައިގެންނެވުމަށް ނިންމަވާފައިވާ ކަން އިއުލާން ކުރުމުން އެމަނިކުފާނަށް މަރުހަބާ ދަންނަވާފައެވެ.