Last Updated: June 11, 22:21
Thursday, June 11, 2026
ޚަބަރު

ހުޅުމާލެއިން 400 ގޯތި ވިއްކަނީ

ހުޅުމާލެއިން 1000 އަކަ ފޫޓުގެ 400 ގޯތި ވިއްކަން ނިންމާފައިވާ ކަމަށް ހައުސިން މިނިސްޓްރީން ބުނެފިއެވެ.

ހައުސިން މިނިސްޓްރީގައި މިއަދު މެންދުރު ބޭއްވި ނޫސް ކޮންފަރެންސެއްގައި ހައުސިން މިނިސްޓަރ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ އަކަފޫޓެއް 400 ރުފިޔާގެ މަގުން ހުޅުމާލެއިން 400 ގޯތި ވިއްކަން ނިންމާފައިވާ ކަމަށެވެ.

މުއިއްޒު ވިދާޅުވީ ހުޅުމާލޭގެ ދެވަނަ ފިޔަވަހިން ބިން ވިއްކުމުގެ ފޯމު މިއަދު ހަވީރު 4:00 އިން ފެށިން އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށް ދޫކުރަމުން ދާނެ ކަމަށެވެ. އަދި ފޯމު ޑައުންލޯޑު ކުރެވެން ހުންނާނެކަމަށެވެ.

މާލޭގެ ރަޖިސްޓްރީ އާއި މާލެ ދަފްތަރުގައި ތިބި މީހުންނަށް ދޫކުރާ މިގޯތި ތަކަށް ކުރިމަތި ލުމުގެ ފުރުސަތު 18 އަހަރުން މަތީގެ މީހަކާއި އިނދެގެން އުޅޭ ކޮންމެ މީހަކަށް ހުޅުވާލެވިފައިވާ އިރު މާލެއިން 600 އަކަ ފޫޓު ގޯއްޗެއް ނުވަތަ ފްލެޓެއް ހުރި ނަމަ ޝަރުޠު ފުރިހަމަ ނުވާނެކަމަށް މުއިއްޒު ވިދާޅުވިއެވެ.

ސަރުކާރު ބަދަލުވުމުގެ މަސައްކަތް ކުރިއަށް ދަނިކޮށް ބިން ވިއްކަން އިއްލާން ކުރުމާއި ގުޅިގެން އެމައްސަލަ ވަނީ އޭސީސީއަށް ހުށަހަޅާފައެވެ.