Last Updated: June 11, 22:21
Thursday, June 11, 2026
ޚަބަރު

ހުޅުމާލެއިން ގޯތި ދޫކުރުން ހުއްޓާލުމަށް އޭސީސީން އަންގައިފި

ހުޅުމާލެ ދެވަނަ ފިޔަވަހީގެ ދަށުން ހިއްކި ބިމުން ދޫކުރަން މިއަދު އިއްލާން ކުރި 400 ގޯތި ދޫނުކުރަން އެންޓި ކަރަޕްޝަން ކަމިޝަން (އޭސީސީ) ން ހައުސިން މިނިސްޓްރީއަށް އަންގައިފިއެވެ.

އޭސީސީގެ ނައިބް ރައީސް މުއައްވިޒު ރަޝީދު ސޮއިކޮށް ހައުސިން މިނިސްޓަރ ޑރ. މުހައްމަދު މުއިއްޒުއަށް މިއަދު ފޮނުއްވި ސިޓީގައި ގޯތި ދޫކުރުން ހުއްޓާލުމަށް އެންގީ އޭސީސީއަށް ލިބެމުންދާ ޝަކުވާ ބަލައި އެކަމުގައި ކަރަޕްޝަނަށް މަގު ފަހިވާ ކަންތަކެއް ހުރެގެން އެކަން ބެލުމަށްކަމަށެވެ.

އޭސީސީން ބުނީ ގޯތި ދިނުމުގައި ގާނޫނީ ގޮތުން ސުވާލު އުފެދޭ ކަންކަން ހުރިކަމަށާއި އެކަން ތަހްގީގު ކުރާނެކަމަށެވެ.

ހައުސިން މިނިސްޓްރީން ވަނީ ހުޅުމާލެ 2 ވަނަ ފިޔަވަހީގެ ދަށުން ހިއްކު ބިމުން 1000 އަކަ ފޫޓުގެ 400 ބިން އަކަފޫޓަކަށް 400 ރުފިޔާ މަގުން ވިއްކަން ވަނީ އިއްލާންކޮށްފައެވެ.