މަރަދޫގައި ރޭ ދެ ގްރޫޕެއްގެ ދެމެދުގައި ހިންގި މާރާމާރީ އާއި ގުޅިގެން 17 އަހަރުގެ ކުއްޖަކު ހައްޔަރުކޮށްފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ރޭގެ މާރާމާރީ އާއި ގުޅިގެން ހައްޔަރުކުރި ކުއްޖާ ހައްޔަރުކޮށްފައިވަނީ ފިލައިގެން ހުޅުމީދޫގައި ހުއްޓާ ކޯޓު އަމުރެއްގެ ދަށުން ކަމަށެވެ.
ރޭގެ މާރާމާރީގައި މަރަދޫ ބޯޅަދަނޑިގެ، މުހައްމަދު އީވާންގެ ހަށިގަނޑުގެ 12 ތަނަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލާފައިވާ އިރު އޭނާގެ ހާލު ވަރަށް ސީރިއަސްއެވެ. އީވާން ވަނީ މިއަދު ހަވީރު އިތުރު ފަރުވާއަށް ވެންޓިލޭޓަރގެ އެހީގައި މާލެ ގެންގޮސްފައެވެ.
ރޭގެ މާރާމާރީ އާއި ގުޅިގެން އިތުރު މީހުން ހޯދުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުންނެވެ.