ކެމްޕޭން ކުރުމަށް އައްޑު އަށް އައި ޕީޕީއެމްގެ ޓީމް މިއަދު އައްޑޫން މާލެ ފުރައިފި އެވެ.
މިދިޔަ ހުކުރު ދުވަހު އައްޑު އަށް އައި ޕީޕީއެމްގެ ކެމްޕޭން ޓީމްގައި އެ ޕާޓީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާއި ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔާމީނާއި ރަނިންމޭޓް ޑރ. މުހައްމަދު ޖަމީލް އަހުމަދު ހިމެނިވަޑައިގަންނަވަ އެވެ.
ޕީޕީއެމުން އައްޑު އަށް ކުރި ދަތުރުގައި ހިތަދު އާއި ހުޅުމީދޫގައި ޖަލްސާތަކެއް ބާއްވާފައިވެ އެވެ. މީގެ އިތުރުން ވަކިވަކި ރަށްރަށަށް ޒިޔާރަތްކޮށް ރައްޔިތުންނާ ބައްދަލުކޮށް، ޖަގަހަތައް ހުޅުވައި ޕާޓީ އަށް މެމްބަރުން އިތުރު ކުރުމުގެ މަސައްކަތް ވެސް ކޮށްފައިވެ އެވެ.