Last Updated: June 11, 22:21
Thursday, June 11, 2026
ޚަބަރު

މާރާމާރީ އާއި ގުޅިގެން އިތުރު 5 މީހަކު ހައްޔަރުކޮށްފި

ހޮނިހިރު ދުވަހުގެ ރޭ މަރަދޫގައި ހިންގި މާރާމާރީ އާއި ގުޅިގެން 5 މީހަކު ފުލުހުން ހައްޔަރުކޮށްފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މާރާމާރީ އާއި ގުޅިގެން 5 މީހަކު ފޭދޫ ގެއެއްގެ ތެރޭގައި ފިލާ ތިއްބާ 17 އަހަރާއި 22 އަހަރުުގެ 5 ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

މީގެ އިތުރުން މިމާރާމާރީ އާއި ގުޅުން ހުރި 17 އަހަރުގެ ކުއްޖަކު ފިލައިގެން ހުޅުމީދޫގައި ހުއްޓާ ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ.

މި މާރާމާރީގައި ޒަހަމްކޮށްލި މަރަދޫ ބޯޅަދަނޑިގެ މުހައްމަދު އީވާންއަށް އަންނަނީ އައިޖީއެމްއެޗްގައި ފަރުވާ ދެމުންނެވެ. އޭނާގެ ހާލުވަރަށް ސީރިއަސްކަމަށް އާއިލާއިން ވަނީ ބުނެފައެވެ.

އީވާންއަށް ލިބުނު ޒަހަމްތަކާއި ގުޅިގެން އެންމެ ފުރަތަމަ ފަރުވާ ދީފައިވަނީ ހިތަދޫ ރީޖަނަލް ހޮސްޕިޓަލުންނެވެ. އަދި އިތުރު ފަރުވާއަށް މާލެ ގެންގޮސްފައިވަނީ އިއްޔެ ހަވީރުއެވެ.

މި މަރާމާރީ ހިންގާފައިވަނީ މަރަދޫފޭދޫ ބޮޑު މަގުގައި 16 މީހުންގެ ގްރޫޕަކުން ކަމަށް މަރަދޫން ވާހަކަ ދެއްކި މީހަކު ވަނީ ބުނެފައެވެ.