Last Updated: June 10, 00:02
Tuesday, June 9, 2026
ޚަބަރު

ސައުދުގެ ގޮނޑިވެސް ނުގެއްލޭ ކަމަށް ހުކުމްކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ވިލިނގިލި ދާއިރާގެ މެމްބަރު ސައުދު ހުސެއިންގެ ގޮނޑިވެސް ނުގެއްލޭ ކަމަށް ދިވެހި ރާއްޖޭގެ ސުޕްރީމް ކޯޓުން މިއަދު ހުކުމްކޮށްފިއެވެ.

ސުޕްރީމް ކޯޓުން ވަނީ، ސައުދު ޕީޕީއެމުން ވަކިކޮށްފައިވާ ކަމަށް އެންގުމުން އީސީން ގޮނޑި ގެއްލިފައިވާ ކަމަށް ނިންމި ނިންމުން މިއަދު ބާތިލުކޮށްފައެވެ.

ރައްޔިތުންގެ މަޖިލީހުގެ 12 މެމްބަރެއްގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅުމުން ސުޕްރީމް ކޯޓަށް ހުށައެޅި މައްސަލައިގެ ހުކުމް އިއްވުމަށް މިއަދު ތާވަލުކޮށްފައިވާއިރު މީގެ ކުޑައިރުކޮޅެއް ކުރިން ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހިމްގެ ގޮނޑިވެސް ނުގެއްލޭ ކަމަށް ހުކުމް އިއްވާފައިވެއެވެ.

ސުޕްރީމް ކޯޓުން ވަނީ އެކޯޓަށް މައްސަލަ ހުށައެޅި 12 މެމްބަރުންގެ ތެރެއިން، ވައްޑެއާއި ސައުދުގެ އިތުރުން މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތާއި ދިއްދޫ ދާއިރާގެ މެމްބަރު މުހައްމަދު ލަތީފްގެ މައްސަލައިގެ ހުކުމް އިއްވުން ވެސް ތާވަލުކޮށްފައެވެ.

ތަފްސީލު އަންނަނީ..