Last Updated: July 28, 13:59
Tuesday, July 28, 2026
ޚަބަރު

އީޔޫ ވަފްދުގެ އެމްބެސެޑަރ އީސީ ޝަރީފު އާއި ބައްދަލު ކުރައްވައިފި

ޔޫރަޕިއަން ޔުނިއަންގެ ފަރާތުން ރާއްޖެ ޒިޔާރަތްކުރެއްވި ވަފްދުގެ އެމްބެސެޑަރ ޓަންގް-ލައި މަރގުއޭ އިލެކްޝަން ކަމިޝަންގެ ރައީސް އަހުމަދު ޝަރީފު އާއި މިއަދު ބައްދަލު ކުރައްވައިފިއެވެ.

ޝަރީފު އާއި އެމްބެސެޑަރ ޓަންގް- ލައި އާއި އެކު ބޭއްވި ބައްދަލުވުމުގައި ނިމިގެން ދިޔަ އިންތިހާބުގެ މައުލޫމާތު ވަނީ އީޔޫ ވަފްދަށް އަރުވާފައެވެ. އަދި އިންތިހާބަށް ފަހު އިލެކްޝަން ކަމިޝަނަށް ކުރަމުންދާ ތުހުމަތު ތަކާއި ކަމިޝަންގެ މެމްބަރުންނަށް ދެމުންދާ މަރުގެ އިންޒާރިތަކުގެ ތަފްސީލްވެސް ވަނީ ހިއްސާކޮށްފައެވެ.

ޝަރީފު ފިޔަވައި އިލެކްޝަންގެ ދެން ތިއްބެވި ހަތަރު މެމްބަރުން ވަނީ އަވަށްޓެރި ލަންކާއަށް ވަޑައިގެންފައެވެ. އެ މެމްބަރުން ގައުމު ދޫކޮށް ދިޔައީ އިންތިހާބަށް ފަހު ލިބެމުންދާ އިންޒާރުތަކާއި ގުޅިގެން ކަމަށް ޝަރީފު ވަނީ ވިދާޅުވެފައެވެ.