Last Updated: July 26, 17:06
Sunday, July 26, 2026
ޚަބަރު

ލަތީފްގެ ގޮނޑިވެސް ނުގެއްލޭ ކަމަށް ސުޕްރީމް ކޯޓުން ނިންމައިފި

ދިއްދޫ މެމްބަރު އަބްދުއް ލަޠީފް، ފޮޓޯ: މިހާރު

ރައްޔިތުންގެ މަޖިލީހުގެ ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފްގެ ގޮނޑި ވެސް ނުގެއްލޭ ކަމަށް މިއަދު ސުޕްރީމް ކޯޓުން ހުކުމްކޮށްފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ 12 މެމްބަރެއްގެ ގޮނޑި ގެއްލުނު ކަމަށް އީސީން ކަނޑައެޅި މައްސަލަ ސުޕްރީމް ކޯޓަށް ހުށައެޅުމުން އެކޯޓުން ވަނީ މިއަދު ހަތަރު މެމްބަރެއްގެ މައްސަލައާ މެދު ހުކުމް އިއްވުމަށް ތާވަލް ކޮށްފައެވެ.

ސުޕްރީމް ކޯޓުން ވަނީ މިހާތަނަށް، މެމްބަރު ވައްޑެ އަދި ސައުދުގެ ގޮނޑި ނުގެއްލޭ ކަމަށް ހުކުމްކޮށްފައެވެ.