Last Updated: June 11, 22:21
Thursday, June 11, 2026
ޚަބަރު

އަމީތުގެ ގޮޑިވެސް ނުގެއްލޭކަމަށް ހުކުމްކޮށްފި

ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތުގެ ގޮނޑި ވެސް ނުގެއްލޭ ކަމަށް ސުޕްރީމް ކޯޓުން ދެންމެ ހުކުމް ކޮށްފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ 12 މެމްބަރެއްގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅުމުން ސުޕްރީމް ކޯޓަށް ހުށައެޅި މައްސަލައިގެ ހުކުމް އިއްވުމަށް މިއަދު ތާވަލުކުރި ހަތަރު މެމްބަރުންގެ ތެރެއިން އެންމެ ފަހުން އަޑު އެހުން ބޭއްވީ މެމްބަރު އަމީތުގެއެވެ. އޭގެ ކުރިން ބޭއްވި 3 މެމްބަރުންގެ އަޑުއެހުން ނިމިގެން ގޮސްފައިވާއިރު ސްޕްރީމް ކޯޓުން ވަނީ އެތިން މެމްބަރުންގެ ގޮޑިވެސް ނުގެއްލޭ ކަމަށް ކަނޑައަޅާފައެވެ. އެއީ ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހިމް އާއި ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސެއިން އާއި ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއް ލަޠީފު މުހައްމަދުއެވެ.

ތަފްސީލް އަންނަނީ….