ރައްޔިތުންގެ މަޖިލީހުގެ ގޮޑި ގެއްލިފައިވާކަމަށް އިލެކްޝަން ކަމިޝަނުން ނިންމިތާ އަހަރަކަށްވުރެ ގިނަ ދުވަސް ފަހުން މިއަދި އެ ގޮޑި ނުގެއްލޭ ކަމަށް ސްޕްރީމް ކޯޓުން ކަނޑައެޅުމުން އެކާމިޔާބީ އަކީ ދިއްދޫ ރައްޔިތުންނަށް ލިބުނު ބޮޑު ކާމިޔާބެއްކަމަށް މެމްބަރު އަބްދުއް ލަޠީފު މުހައްމަދު ވިދާޅުވެއްޖެއެވެ.
Miadhu libigen dhiya mathiveri kaamiyaabaky,Dhidhdhoo dhaairaage fahuruveri,sharafuveri lobuvethi enmehaa rayyithunevnah libigen dhiya kaamiyaabeh.
Mi hagguveri kaamiyaaby haasil kurumugai dhidhdhooge hiy varugadha zuvaanun behettevi gaaikamaa kurehvi ithubaarah shukuruverivan— Abdul Latheef (@funamalatheef) October 8, 2018
ލަޠީފު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިއަދު ލިބުނު މަތިވެރި ކާމިޔާބީއަކީ ދިއްދޫ ދާއިރާގެ ފަހުރުވެރި ޝަރަފްވެރި، ލޮބުވެތި އެންމެހާ ރައްޔިތުންނަށް ލިބިގެންދިޔަ ކާމިޔާބެއް ކަމަށެވެ.
ލަޠީފު ވިދާޅުވީ މި ކާމިޔާބީގައި ދިއްދޫގެ ހިތްވަރުގަދަ ޒުވާނުން ބެހެއްޓި ގާތްކަމާއި، ކުރެއްވި އިތުބާރަށް ޝުކުރުވެރިވާ ކަމަށެވެ.
27 އޮގަސްޓު 2017 ގައި ސްޕްރީމް ކޯޓުން ވަނީ މެމްބަރު އަބްދުއް ލަޠީފު މުހައްމަދު އާއި އެކު ތިން މެމްބަރުންގެ ގޮޑި ގެއްލުނުކަމަށް ހުކުމްކޮށްފައެވެ. އެއީ މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތު އާއި ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސެއިން ތުލުސްދޫ ދާއިރާގެ މެމްބަރ މުހައްމަދު ވަހީދު އިބްރާހިމްއެވެ.
ސްޕްރީމް ކޯޓުން މިއަދުވަނީ މި ހަތަރު މެމްބަރުންގެ ގޮޑިވެސް ނުގެއްލޭކަމަށް އަލުން ހުކުމްކޮށްފައެވެ.