Last Updated: June 13, 06:05
Saturday, June 13, 2026
މުނިފޫހިފިލުވުން

”ފިލްމް ކުޅުން ހުއްޓައެއް ނުލަން“

ކުރީގެ މަޝްހޫރު ލަވަ ކިޔުންތެރިޔާ އަލީ ރަމީޒް ދާދި ފަހުން ކުރި ޓްވީޓެއްގައި މަޝްހޫރު އެކްޓަރު ޔޫސުފް ޝަފީއު (ޔޫއްޕެ) ފިލްމް ކުޅުން ހުއްޓާލި ކަމަށް ބުނެ ފެތުރި ވާހަކަތަކާ ގުޅިގެން، އޭނާގެ ކެރިއަރާ މެދު ސުވާލު އުފެދިފައި ވަނިކޮށް ފިލްމް ކުޅުން އަދި ހުއްޓާ ނުލާ ކަމަށް ޔޫއްޕެ ބުނެފި އެވެ.

މިދިޔަ ހުކުރު ދުވަހުގެ ރޭ ޓީވީއެމުން ގެނެސް ދިން "ފިލްމީ އުދަރެސް" ގެ 700 ވަނަ ޕްރޮގްރާމްގައި ވާހަކަ ދައްކަމުން ޔޫއްޕެ ބުނީ އޭނާ ފިލްމް ކުޅުން ހުއްޓާލާ ވާހަކައެއް ނުބުނާ ކަމަށެވެ.

"އަލީ ރަމީޒް ގުޅާފައި އެހީ އަޑު އެހީމޭ އަޅުގަނޑު ފިލްމް ކުޅުން ހުއްޓާލި ވާހަކަ. ތެދެއްހޭ. ދެން އަޅުގަނޑު ބުނިން ދާއިރާގެ ކަންތައްތައް މިހާރު ހުރި ގޮތުން އިތުރު ފިލްމަކަށް ސޮއެއް ނުކުރަމޭ. އެކަމަކު ކުޅެން ފަށާފައި ހުރި ފިލްމްތައް ހުރުމާ އެކު އެ ފިލްމްތައް ނިންމުމުގެ މަސައްކަތް ކުރާނެމޭ،" ފިލްމީ ދާއިރާގައި އުޅޭތާ 12 އަހަރުވެފައިވާ ޔޫއްޕެ ބުންޏެވެ. "ދެން އަލީ ރަމީޒަށް ހީވި ކަންނނޭގޭ އަޅުގަނޑު ދެން ފިލްމް ނުކުޅޭ ނަމަ ބުނި ކަމަށް. ދެން އެހި މައްސަލައެއް ނެތްހޭ ތިމަންނަ މި ވާހަކަ ޓްވީޓްކޮށްލިޔަސް."

ޔޫއްޕެ ބުނީ ޓްވީޓްކޮށްލިޔަސް މައްސަލައެއް ނެތް ކަމަށް ބުނީ އަލީ ރަމީޒް ޓްވީޓް ކުރާނީ އޭނާ އިތުރަށް ފިލްމަކަށް ސޮއި ނުކުރާ ވާހަކަ ކަމަށެވެ.

"އެކަމަކު މުޅިން އެހެން ގޮތަކަށް އެ ވާހަކަ ފެތުރިގެން ދިޔައީ. ވަރަށް ގިނަ މީހުން އެ ވާހަކަ ގުޅާފައި ވެސް މެސެޖްކޮށްފައި ވެސް އަހަމުން ގެންދިޔަ." ކާމިޔާބް ގިނަ ފިލްމްތަކެއް ކުޅެފައިވާ ޔޫއްޕެ ބުންޏެވެ.ޔޫއްޕެ ބުނީ ފިލްމް ކުޅުން އަދި ހުއްޓާލަން ސީދާ ނިންމާފައި ނެތަސް އެކަހަ ހިޔާލެއް ގެންގުޅޭ ކަމަށެވެ. އަދި އަބަދު ކެމެރާގެ ކުރިމަތީގައި މަސައްކަތް ނުކުރެވޭނެ ކަމަށް ގްބޫލް ކުރާ ކަމަށް ވެސް އޭނާ ބުންޏެވެ.

"މި ދާއިރާ އަށް ހިދުމަތް ކުރާ މީހެއްގެ ގޮތުގައި ގައިމު ވެސް ފެނިގެން ދާނެ." ކުރި ދެ ކައިވެނި ވެސް ރޫޅިފައިވާ ޔޫއްޕެ ބުންޏެވެ."

"ޔޫސުފް"، "ކަލާޔާ ނުލާ"، "ސަނދުރަވިރޭ"، "އުދަބާނި"، "ޒުލޭހާ" ފަދަ ކާމިޔާބް ފިލްމްތަކުނެ ފެނިފައިވާ ޔޫއްޕެގެ ކުރިއަށް ހުރި ފިލްމްތަކުގެ ތެރޭގައި "ފަތިސްހަނދުވަރުގެ ފެށުން: 3ޑީ"، "އިންތިހާ" އަދި "24 ގަޑިއިރު" ފަދަ ފިލްމްތައް ފާހަގަކޮށްލެވެ އެވެ.