އިލެކްޝަން ކަމިޝަންގެ ރައީސް އަހުމަދު ޝަރީފު އާއި އެކޮމިޝަންގެ މެމްބަރު އަދި ތަރުޖަމާނު އަހުމަދު އަކުރަމްއަށް ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް މުއާޒު އަލީ ވަގަށް ގޮވައިފިއެވެ.
މުއާޒު އަކުރަމް އާއި ޝަރީފުއަށް ވަގަށް ގޮވާފައިވަނީ ޕީޕީއެމްއިން ކުރިއަށް ގެންދާ ސިލްސިލާ މުޒާހަރާގެ ތެރެއިންނެވެ.
Mr. Beygaraaru faalhukan bodukoh Live Tv ga vaggah govaifi. @broadcomMV @Raajje_tv pic.twitter.com/FrxwcewS8T
— Jazeera Bond ?❓ (@talktobond) October 8, 2018
އަކުރަމް އާއި ޝަރީފުއަށް ވަގަށް ގޮވިއިރު އެމަންޒަރާއި އަޑު ޗެނަލް 13އިން ވަގުތުން ގެނެސްދީފައިވެއެވެ. މިއީ އަބުރު ރައްކާކުރުމުގެ ގާނޫނުގެ ދަށުން ބްރޯޑްކާސްޓަރުންނަށް މަނާ ކަމެކެވެ. ނަމަވެސް އަޑު ކެނޑުމެއް ނެތި ޗެނަލް 13 އިން ވަނީ އެ މަންޒަރާއި އަޑު ބްރޯޑްކާސްޓު ކޮށްފައެވެ.
އަކުރަމް އަދި ޝަރީފަށް އަމާޒުކޮށް މުއާ ބުނީ ކޮޅުނބުގެ ފާޑުފާޑު ގެސްޓު ހައުސްގައި ހުރެގެން "ފާޑުފާޑު އެއްޗެހި ބޮއެގެން ނެރެގެން ނުވާނެ"ކަމަށެވެ.
ޕީޕީއެމްއިން ބާއްވަމުންދާ މުޒާހަރާތަކުގައި އިލެކްޝަން ކަމިޝަންގެ މެމްބަރުން އިސްތިއުފާ ދިނުމަށާއި އެކު ކަހަލަ ރިޝްވަތުގެ ތުހުމަތުތައް ދަނީ ކުރަމުންނެވެ.