Last Updated: July 28, 13:59
Tuesday, July 28, 2026
ޚަބަރު

މާލޭގައި މިރޭ އައްޑޫ ޒުވާނެއްގެ ގަޔަށް ވަޅި ހަރައި ޒަހަމް ކޮށްލައިފި

މާލޭގައި މީގެ ކުޑައިރު ކޮޅެއް ކުރިން ޒުވާނެއްގެ ގަޔަށް ވަޅި ހަރައި ޒަހަމްކޮށްލައިފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މަޖީދީ މަގު އޮލިމްޕަސް ކައިރިން ވަޅި ހަރައި ޒަހަމްކޮށްލާފައިވަނީ އައްޑޫ ސިޓީ ހިތަދޫ ޒުވާނެކެވެ. އޭނާއަށް ދަނީ އޭޑީކޭ ހޮސްޕިޓަލްގެ އައިސީޔޫގައި ފަރުވާ ދެމުންނެވެ. އަދި އޭނާގެ ހާލު ސީރިއަސްކަމަށް މައުލޫމާތު ލިބެއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ވަޅި ޖެހިކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވަނީ މިރޭ 22:48 ހާއިރު ކަމަށެވެ. މި ހާދިސާގެ ތަފްސީލެއް އަދި ލިބިފައި ނުވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ތަފްސީލް އަންނަނީ…..