Last Updated: June 10, 00:02
Tuesday, June 9, 2026
ދުނިޔެ

އެމެރިކާއަށް އަނެއްކާވެސް ތޫފާނެއްގެ ބިރު

އެމެރިކާގެ ފްލޮރިޑާ ސްޓޭޓުގެ 300 މޭލު ބޭރުން އަންނަ ތޫފާނެއްގެ އަސަރުކޮށްފާނެ ކަމަށް ބަލައި، ގެދޮރު ދޫކޮށް ސަލާމަތީ ފިޔަވަޅު އަޅައި އެހިސާބު ހުސްކުރުމަށް ޑިޒާސްޓާ މެނޭޖްމަންޓުން ރައްޔިތުންނަށް އަންގައިފިއެވެ.

ތޫފާން "މައިކަލް" ގެ ނަމުން ނަން ދީފައިވާ މިތޫފާނު ވަނީ މެދު އެމެރިކާގެ ބައެއް ގައުމުތަކަށް އަރާފައެވެ. ތޫފާނުގައި މެދު އެމެރިކާގެ ގައުމުތަކުން މިހާތަނަށް 13 މީހަކު މަރުވެފައިވެއެވެ.

ބޯ ވިއްސާރައާއި ބާރު ވައިގައި ގެދޮރު ސުންނާފަތިވެ އިމާރާތްތަކަށް ވެސް ގެއްލުން ލިބިފައިވާ ކަމަށް ޚަބަރު ލިބެއެވެ. މި ތޫފާން ފްލޮރިޑާއަށް އަރާނެ ކަމަށް ބެލެވެނީ ބުދަ ދުވަހު ކަމަށް މޫސުމާ ބެހޭ އިދާރާއިން ލަފާ ކުރެއެވެ.

އަދި ތޫފާނުގެ ބާރުގަދަ މިނަށް ބަލާއިރު މިތޫފަނަކީ 2005 ވަނަ އަހަރުން ފެށިގެން ފްލޮރިޑާއަށް އަރާނެ އެންމެ ވަރުގަދަ ތޫފާނު ކަމަށް ބެލެވެއެވެ.