Last Updated: April 25, 22:42
Thursday, April 25, 2024
ޚަބަރު

މެޑިސިން ސްކޫލުގެ ޑީންއަކަށް ޑރ. ޝީޒާ އައްޔަން ކުރައްވައިފި

މެޑިސިން ސްކޫލުގެ ޑީންގެ މަގާމަށް އައްޔަންކުރައްވާފައިވާ ޑރ. ޝީޒާ އަލީ-- ފޮޓޯ: ސަން އެމްވީ

ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީ އިން އަލަށް އުފައްދާފައިވާ މެޑިސިން ސްކޫލުގެ ޑީންއަކަށް ޑރ. ޝީޒާ އަލީ މިއަދު އައްޔަން ކުރައްވައިފިއެވެ. mun

ޑީންގެ މަގާމަށް ޑރ. ޝީޒާ އައްޔަންކޮށް މަގާމުގެ ލިއުން ހަވާލުކޮށްފައިވަނީ އެކަމަށްޓަކައި ހާއްސަކޮށް ގައުމީ ޔުނިވާސިޓީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައެވެ.

މެޑިކަލް ސްކޫލުގެ ފުރަތަމަ ބެޗްގެ ކިޔެވުން އަންނަ ހަފްތާގެ ތެރޭގައި ފެށުމަށް ދަނީ ތައްޔާރުވަމުންނެވެ. ފުރަތަމަ ބެޗް ފަށަނީ 37 ދަރިވަރުންނާއެކުގައެވެ. އެކޯހަކީ އަލަށް ފަށާ ކޯހެއްކަމުން ގޮންޖެހުންތަކެއް ކުރިމަތިވި ނަމަވެސް ސްޕެޝަލިސްޓް ޑޮކްޓަރުންތަކެއް ތަމްރީނުކުރެވޭ ކޯހަކަށް އެކޯސް ހެދުމަށް މަސައްކަތް ކުރައްވާނެ ކަމަށް މެޑިސިން ސްކޫލާއި ހަވާލުވުމަށް ފަހު ޑރ. ޝީޒާ ވަނީ ވިދާޅުވެފައެވެ.

ޝީޒާވަނީ އެމްބީބީއެސްގެ އިތުރުން ބިޒްނަސް މެނޭޖްމަންޓްގެ ދާއިރާއިން މާސްޓާސް ހާސިލު ކުރައްވާފައެވެ. ޑރ. ޝީޒާ ވަނީ އައިޖީއެމްއެޗާއި އައި ކެއާގައި މަސައްކަތް ކުރައްވާފައެވެ. އަދި އޭނާ ވަނީ ހެލްތް މިނިސްޓްރީގެ ޑިރެކްޓަރު ޖެނެރަލްކަމުގެ މަގާމު ވެސް ފުރުއްވާފައެވެ.