Last Updated: July 26, 18:11
Monday, July 27, 2026
ޚަބަރު

މާލޭގައި ކުއްޖަކު ކަރަންޓުގައި ޖެހި އަނިޔާވެއްޖެ

ރޭ މާލޭގައި ކުޅެން އުޅުމުގެ ތެރޭގައި ވެއްޓިފައި އޮތް ހޮޅިދަނޑެއް ނަގަން އުޅެނިކޮށް ކުއްޖަކު ކަރަންޓުގައި ޖެހި އަނިޔާވެއްޖެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ކަރަންޓުގައި ޖެހިފައިވަނީ 17 އަހަރުގެ ފިރިހެން ކުއްޖެކެވެ. ކަރަންޓުގައި ޖެހިގެން އެމައްސަލަ ފުލުހުންނަށް އަންގައި ރިޕޯޓުކޮށްފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.

އެ ހާދިސާ ހިނގުމުން އައިޖީއެމް ހޮސްޕިޓަލަށް އޭނާ ގެންގޮސް، ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާދޭން ވަނީ ފަށާފައެވެ. އައިޖީއެމް ހޮސްޕިޓަލުން ކުއްޖާ ގެނައި އިރު ހޭނެތިފައި އޮތް ކަމަށް މައުލޫމާތު ދީފައިވާއިރު އިތުރު ތަފްސީލެއް ދީފައެއް ނުވެއެވެ.