ޗައިނާއިން ދިވެހި ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނެވި ސަފީރު، ޒަންގް ލިޒުންގްއާ ކުރީގެ ރައީސް މައުމޫން މިއަދު ބައްދަލުކުރައްވައިފިއެވެ.
ރައީސް މައުމޫނާއި ދަރިކަލުން ފާރިސް މައުމޫނާއެކު ބޭއްވި މިބައްދަލުވުމުގައި ދިވެހި ރާއްޖެއާއި ޗައިނާއާ ދެމެދު އޮތް ގުޅުން އިތުރަށް ފަހި ކުރުމާ ގުޅޭ ގޮތުން މަޝްވަރާ ކޮށްފައިވެއެވެ.
ޗައިނާ އިން ވަނީ އިންތިޚާބީ ރައީސް، އިބޫ ސޯލިހަށް މަރުހަބާ ވެސް ދަންނަވާފައެވެ. އަދި ސަފީރު ވަނީ އިބޫއާ ބައްދަލުކުރައްވައި ޗައިނާއަށް ވަޑައިގަތުމަށް ދައުވަތުވެސް އަރުވާފައެވެ.
ގުޅިފައިވާ އިއްތިހާދުގެ އެއް ލީޑަރު، ރައީސް މައުމޫން ގެންދަވަނީ ބޭރުގެ ވަރަށް ގިނަ ސަފީރުންނާއި އިސް މަންދޫބުންނާ ބައްދަލުކުރައްވައި ރާއްޖޭގެ ސިޔާސީ މަޝްރަހާ ގުޅޭގޮތުން މަޝްވަރާ ކުރަމުންނެވެ.