ގޮޑި ގެއްލިފައިވާކަމަށް އިލެކްޝަން ކަމިޝަނުން ކަނޑައަޅާފައިވާ ތިނަދޫ ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ އަހުމަދު (އަބުޅޯ) އާއި މައްޗަންގޯޅި އުތުރު ދާއިރާގެ މެންބަރު އަބްދުﷲ ސިނާންގެ ގޮޑީގެ މައްސަލައިގެ ޝަރީއަތް ބުރާސްފަތި ދުވަހަށް ސްޕްރީމް ކޯޓުގައި ތާވަލްކޮށްފިއެވެ.
އަބްޅޯގެ މައްސަލަ ބުރާސްފަތި ދުވަހު ހެނދުނު 9:45އަށް ތާވަލްކޮށްފައިވާ އިރު ސިނާންގެ މައްސަލަ ތާވަލްކޮށްފައިވަނީ މެންދުުރު 13:15 އަށެވެ.
MP @AblhoMP & MP @MPAbdullaSinan received summon chit to Supreme Court. |11th Oct 2018|
MP Ablo: 9:45 hrs
MP Sinan: 13:15 hrs pic.twitter.com/U9ZxBPoB1i— Voice of 12MPs (@VoiceOf12MPs) October 9, 2018
އަބުޅޯ އާއި ސިނާންގެ މައްސަލައިގެ ޝަރީއަތް ބާއްވާ އިރު އިއްޔެ ސްޕްރީމް ކޯޓުން ވަނީ މަޖްލިސްގެ 4 މެމްބަރެއްގެ ގޮޑި ނުގެއްްލޭކަމަށް ހުކުމްކޮށްފައެވެ. އެއީ މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތު އާއި ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސެއިންގެ އިތުރުން ދިއްދޫ ދާއިރާގެ މެމްބަރ އަބްދުއް ލަޠީފު މުހައްމަދު އާއި ތުލުސްދޫ ދާއިރާގެ މެމްބަރ މުހައްމަދު ވަހީދު (ލޯޔަރ ވައްޑެ)އެވެ.