ހުޅުމާލެ ދެވަނަ ފިޔަވަހީގެ ދަށުން ހިއްކި ބިމުން ވިއްކަން އިއްލާން ކުރި 400 ގޯތި ވިއްކުމުގެ ހުއްދަ އެންޓި ކަރަޕްޝަން ކަމިޝަން (އެސީސީ)ން ދީފައިވާ ކަމަށް ހައުސިން މިނިސްޓަރ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ގޯތި ވިއްކަން ހައުސިން މިނިސްޓްރީން އިއްލާންކޮށް ފޯމު ދޫކުރަމުން ދަނިކޮށް އެމަސައްކަތް އޭސީސީން ހުއްޓުވީ އާއްމު ފަރާތަކުން ހުށަހެޅި ޝަކުވާއަކާއި ގުޅިގެން ކަމަށް އޭސީސީން ހައުސިން މިނިސްޓަރ މުއިއްޒުއަށް ފޮނުއްވި ސިޓީގައި ބުނެފައިވެއެވެ.
ހައުސިން މިނިސްޓްރީން މިއަދު ބޭއްވި ނޫސް ކޮންފަރެންސެއްގައި ޑރ. މުުއިއްޒު ވިދާޅުވީ ގޯތި ދޫކުރުމާއި ގުޅޭ ގޮތުން އޭސީސީއަށް ހުށަހެޅުނު މައްސަލަ ބެލުމަށްފަހު އަލުން ގޯތި ވިއްކުމަށް ފޯމު ދޫކުރުމުގެ ހުއްދަ ދީފައިވާކަމަށެވެ
މުއިއްޒު ވިދާޅުވީ ހުޅުމާލެއިން ގޯތި ސޯޝަލް ހައުސިންއަށް ވިއްކަން ނިންމީ އިކޮނޮމިކް ކައުންސިލުން ކަމަށެވެ. އެއީ 1000 އަކަފޫޓު ގޯއްޗެއް އަކަ ފޫޓެއް 400 ރުފިޔާގެ ރޭޓުންނެވެ.