Last Updated: June 11, 21:26
Thursday, June 11, 2026
ޚަބަރު

ސުއޫދުގެ ސަސްޕެންޝަން ހަތަރު މަހަށް އިތުރުކޮށްފި

ސްޕްރީމް ކޯޓާއި ގުޅޭ ގޮތުން މަޝްހޫރު ގާނޫނީ ވަކީލް ހުސްނުއް ސުއޫދު ކުރެއްވި ޓްވީޓަކާއި ގުޅިގެން އޭނާގެ ސަސްޕެންޝަން ހަތަރު މަހަށް އިތުރުކޮށްފިއެވެ.

ސުއޫދު މިހާރުވެސް ހުންނެވީ ވީނިއުސްއަށް ދެއްވި އިންޓަވިއުއަކާއި ގުޅިގެން ސަސްޕެންޑުކޮށްފައެވެ.

ސުއޫދު އިތުރު ހަތަރު މަހަށް ސަސްޕެންޑު ކޮށްފައިވަނީ 2013 ވަނަ އަހަރުގެ ރިޔާސީ ދައުރު ދިގު ކުރުމަށް ނިންމި ސްޕްރީމް ކޯޓުން ނިންމި ނިންމުމަކީ ޤައިރު ޤާނޫނީ ނިންމުމެއް ކަމަށް ވިދާޅުވެ ކުރެއްވި ޓްވީޓަކާ ގުޅިގެންނެވެ.

ޖުޑިޝަލް ސާވިސް އެޑްމިނިސްޓްރޭޝަންއިން މިއަދު ސުއޫދުގެ ސަސްޕެންޝަން އިތުރުކޮށް ނެރުނު ބަޔާނުގައި ބުނެފައިވަނީ މިދިޔަ މަހުގެ 24 ވަނަ ދުވަހު ޖުޑީޝަރީއާ ގުޅޭގޮތުން ކޮށްފައިވާ ޓްވީޓާއި އެދުވަހު ވީނިއުސްގައި ލިޔެފައިވާ ލިޔުމާ ގުޅޭގޮތުން ސުވާލުކޮށްފައިވާ ކަމަށެވެ. ސުއޫދު ދީފައިވާ ބަޔާނަށް ރިއާޔަތްކޮށް ބެލިބެލުމުން އެ އަމަލަކީ ރާއްޖޭގެ ކޯޓުތަކުގައި ވަކާލާތުކުރާ ގާނޫނީ ވަކީލުންނާބެހޭ ގަވާއިދުތަކާއި ހިލާފު އަމަލަކަށްވާތީ ރާއްޖޭގެ ކޯޓުތަކާއި ޓްރައިބިއުނަލްތަކުގައި ވަކާލާތުކުރުން މިއަދުން ފެށިގެން ހަތަރު މަސްދުވަހުގެ މުއްދަތަށް މަނާކުރުމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ނިންމަވާފައިވާ ކަމަށެވެ.