Last Updated: June 11, 21:26
Thursday, June 11, 2026
ޚަބަރު

އަލީ ހުސައިން ސުޕްރީމް ކޯޓަށް ހާޒިރުވާން އަންގައިފި

ކެންދޫ ދާއިރާގެ މެމްބަރު އަދި ގާނޫނީ ވަކީލް އަލީ ހުސެއިން ސްޕްރީމް ކޯޓަށް ހާޒުރުވާން ޗިޓު ފޮނުވައިފިއެވެ.

އަލީ ސްޕްރީމް ކޯޓަށް ހާޒިރުވާން އަންގާފައިވަނީ މާދަމާ ހެނދުނު 9 އަކަށެވެ.

ޗިޓާއި އެކު އަލީ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ "ހީވަނީ އަނެއްކާވެސް ސަސްޕެންޑު ކުރަން އުޅެނީހެން" އެވެ.

އަލީ ހުސެއިން ވަނީ މިދިޔަ ހަފްތާގައި ރައްޔިތުންގެ މަޖިލީހުގެ 12 މެމްބަރުންގެ މައްސަލަ އާއި ގުޅޭ ގޮތުން ސްޕްރީމް ކޯޓުގެ ވާހަކަތަކެއް ދައްކަވާފައެވެ. ނަމަވެސް އަލީ ކޯޓަށް ހާޒިރު ކުރަނީ އެކަމާއި ގުޅިގެންކަމެއް ސާފެއް ނުވެއެވެ.

ސްޕްރީމް ކޯޓުން މިއަދު ވަނީ ގާނޫނީ ވަކީލް ސުއޫދުގެ ސަސްޕެންޝަން ހަތަރު މަހަށް އިތުރުކޮށްފައެވެ.