Last Updated: April 24, 23:11
Wednesday, April 24, 2024
ޚަބަރު

އިންޑިޔާގެ ރޭލު އެކްސިޑެންޓެއްގައި ހަތް މީހަކު މަރުވެއްޖެ

އިންޑިޔާގައި މިއަދު ހިނގި ރޭލު އެކްސިޑެންޓެއްގައި 7 މީހަކު މަރުވެ، 35 މީހުންނަށް އެކިވަރުގެ އަނިޔާތައް ލިބިއްޖެއެވެ.

މިއެކްސިޑެންޓު ހިނގާފައިވަނީ ރައެ ބަރެލީގައި އެކްސްޕްރެސް ރޭލެއްގެ އިންޖީނު ކާރާއި ޕެސެންޖަރު ކާރު ވަކިވެ ކޮންޓްރޯލުން ނައްޓައިގެންނެވެ. ރޭލުގެ ފަސް ކާރެއް ވަނީ އިންޖީނު ކާރާއި ވަކިވެގެން ގޮސްފައެވެ.

އަނިޔާ ލިބުނު މީހުން މިހާރު އެމަޖެންސީގައި ހޮސްޕިޓަލަށް ގެންގޮސްފައިވާއިރު އެމީހުން ގެންދިއުމަށް އެމްބިއުލާންސް ލަސްވުމުން ބަސްތަކުގައި ހޮސްޕިޓަލަށް ގެންދިޔަ ކަމަށް އިންޑިޔާ ފުލުހުންނާ ހަވާލާދީ އެސޯސިއޭޓެޑް ޕްރެސްއިން ރިޕޯޓުކޮށްފައިވެއެވެ.

އެކްސިޑެންޓު ހިނގިއިރު ބޯކޮށް ވާރޭ ވެހެމުން ދިޔަ ކަމަށާއި ނަމަވެސް، އެކްސިޑެންޓު ހިނގަން މެދުވެރިވި ސަބަބު އަދި ސާފު ނުވާ ކަމަށް ފުލުހުން ބުނެއެވެ.