ރައީސް އަބްދުﷲ ޔާމީން ހައްޔަރުކުރުމަށް ސައްހަ ނޫން ކޯޓު އަމުރެއް ނެރުނު މައްސަލަ އާއި ގުޅިގެން ޖަލަށްލާފައިވާ މާމިގިލީ މެޖިސްޓްރޭޓު ކޯޓުގެ އިސް ގާޒީ އަހުމަދު ނިހާން ކަފާލާތުގެ ދަށުން ދޫކޮށްލުމަށް ގޮތެއް ނިންމުމަށް ހައިކޯޓުން ނިންމައިފިއެވެ.
ނިހާނު ކަފާލާތުގެ ދަށުން ދޫކުރުމާއި މެދު ގޮތެއް ނިންމުމަށް ހައިކޯޓުން ނިންމީ އޭނާގެ ޝަރިއަތުގެ އިސްތިއުނާފު އަޑުއެހުމުގައި ކަފާލާތުގެ ދަށުން ނިހާން ދޫކޮށްލުމަށް އޭނބާގެ ވަކީލުން އެދުމުންނެވެ.
ހައިކޯޓުގައި މިއަދު އޮތް އަޑުއެހުމުގައި ދައުލަތުގެ ވަކީލް ވިދާޅުވީ ޓެރަރިޒަމް ގާނޫނާއި، ގާނޫނު އަސާސީގެ 49 ވަނަ މާއްދާގެ ދަށުން ނިހާނު ކަފާލާތުގެ ދަށުން ދޫކޮށްނުލެވޭނެކަމަށެވެ.
ނިހާންގެ މައްޗަށް 17 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވަނީ އޭނާގެ މައްޗަށް އުފުލި ޓެރަރިޒަމް ކުށް ސާބިތުވިކަމަށް ކަނޑައަޅައިގެންނެވެ.
ނިހާން އާއި އެކު ކުރީގެ ޕްރޮސެކިއުޓަރ ޖެނެރަލް މުހްތާޒުވެސް ވަނީ ޓެރަރިޒަމް ކުށް ސާބިތުވެ ޖަލަށް ހުކުމްކޮށްފައެވެ.