ސެޕްޓެމްބަރ މަހުގެ 23 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބާއި ގުޅޭ މައްސަލައެއް މިއަދު ރައީސް ޔާމީންގެ ފަރާތުން ސްޕްރީމް ކޯޓަށް ހުށަހަޅައިފިއެވެ.
ޖޭއެސްސީގައި އިންނަވާ ރައީސް އަބްދުﷲ ޔާމީންގެ މެންބަރު އަހުމަދު ސަލީމް (ރޭނިސް ސަލީމް) ވިދާޅުވީ ދުސްތޫރީ މައްސަލައެއްގެ ގޮތުގައި އިންތިހާބުގެ މައްސަލަ ސްޕްރީމް ކޯޓަށް ވެއްދީ ޕީޕީއެމްގެ ގިނަ މެމްބަރުންގެ ޝަކުވާތަކާއި ގުޅިގެންކަމަށެވެ.
ސަލީމް ވިދާޅުވީ ދުސްތޫރީ މައްސަލަ ހުށަހެޅީ ރައީސް ޔާމީންގެ ގާނޫނީ ޓީމުން ބަލަން ޖެހޭ ކަންކަން ބެލުމަށްފަހު ކަމަށެވެ.
ރައީސް ޔާމީންގެ ފަރާތްޕުޅުން މައްސަލަ ސްޕްރީމް ކޯޓަށް ހުށަހެޅުއްވި އިރު އެމަނިކުފާން ވަނީ އިންތިހާބުން ބަލިވެވަޑައިގެންނެވިކަން ގަބޫލް ކުރައްވާފައެވެ. ނަަމަވެސް ފަހުން ވަނީ ނަތީޖާ ގަބޫލް ނުކުރައްވާ މޭރުމަކުން ވާހަކަފުޅު ދައްކަވާފައެވެ.
ތަފްސީލް އަންނަނީ…